
ޗައިނާގެ އިތުރު ސިޓީއަކަށް މޯލްޑިވިއަނުން ދަތުރުތައް ފަށައިފި!
ޒައުޖަތު އަޙުމަދުދިވެހި ޤައުމީ އެއާލައިން މޯލްޑިވިއަނުން، ޗައިނާގެ އިތުރު ސިޓީއަކަށްދަތުރުތައް ފަށައިފިއެވެ.
މޯލްޑިވިއަނުން ބުނީ އެ ކުންފުނީގެ ދަތުރުތައް ޗައިނާގެ ޝެންޖެން ސިޓީއަށް ފަށާފައިވާ ކަމަށާ އަދި އެއީ މި ދުވަސްވަރަށް ޚާއްޞަކޮށްގެން ބާއްވާ ދަތުރުތަކެއް ކަމަށެވެ.
މޯލްޑިވިއަނުން ބުނީ ޝެންޖެންއަށް ޚާއްޞަ ދަތުރުތައް ފެށީ މި ދުވަސްވަރު އެ ސިޓީއިން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވެފައިވާތީ ކަމަށެވެ.
އަދި މި ދަުތުރުތައް އަންނަ މަހުގެ 21 އާއި ހަމައަށް ކުރިއަށްދާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
މޯލްޑިވިއަނުން ދަނީ ޗައިނާގެ 3 ސިޓީއަކަށް ދަތުރުތައް ކުރަމުންނެވެ. އޭގެތެރޭގައި ހިމެނެނީ ޗެންގްޑޫ، ބެއިޖިނއގ އަދި ޝެންހާއީ އެވެ.
މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓަކީ ޗައިނާއެވެ. މިއަހަރުގެ މިހާތަނަށް 148،951 ފަތުރުވެރިން ޗައިނާއިން ރާއްޖެ އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ތާރީޚީ ދުވަހެއް، ދެކުނުގެ 4 އަތޮޅު ވައިގެމަގުން ގުޅާލައިފި2026 ޖެނުއަރީ 30
މުހިއްމު 3 މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ޗައިނާއާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި2025 ޑިސެމްބަރު 25
މަރުވެފައި އޮއްވާ ކަނޑުމަތިން ފެނުނީ ޗައިނާ ރައްޔިތެއް: ފުލުހުން2025 ޑިސެމްބަރު 19
ގިނަ ދާއިރާތަކަކުން ޗައިނާއާއިއެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި2025 ޑިސެމްބަރު 15