މަރުވެފައި އޮއްވާ ކަނޑުމަތިން ފެނުނީ ޗައިނާ ރައްޔިތެއް: ފުލުހުން

މަރުވެފައި އޮތްވާ ގުޅީފަޅު ކައިރި ކަނޑުމަތިން ފެނިފައިވަނީ ޗައިނާ ރައްޔިތެއް ކަމަށް ފުލުހުން ބުނެފިއެވެ.
މަރުވެފައި އޮތްވާ ފެނިފައިވަނީ ޗައިނާ ރައްޔިތެއް ކަމަށްވާ ޗެންގް ޖިއާ (38އ) އެވެ.
ގުޅީފަޅު ކައިރިން މަރުވެފައި އޮތް މީހަކު ކަނޑުމަތިން ފެނިފައިވާ ކަމުގެ މަޢުލޫމާތު މެންދުރުފަހު 1:21 ހާއިރު ލިބުނު ކަމަށް ފުލުހުން އިއްޔެ ބުނެފައިވެއެވެ.
ފުލުހުން މިއަދު ބުނީ އެމީހާ ކަނޑަށް ވެއްޓިފައިވަނީ އިއްޔެ މެންދުރު 12:48 އެހާކަންހާއިރު ހުޅުމާލެ ބޭރުގައި އޮތް ބާޖަކުން ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައިކަން އެނގިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެވަގުތު އެމީހާ ކަނޑުގައި އޮއްވާ ފެނުނު ނަމަވެސް ފަހުން ނުފެނިގެން އެސަރަހައްދުން ދަތުރުކުރި އެހެން ލޯންޗަކަށްވެސް މަޢުލޫމާތު ދީ މީހާ ހޯދުމުގެ މަސައްކަތްކޮށް، ކޯސްޓްގާރޑަށް އެކަމުގެ މަޢުލޫމާތު ދީފައިވާކަން އެނގިފައިވާ ކަމަށެވެ.
އެމީހާ ހޯދުމުގެ މަސައްކަތް ކޯސްޓްގާރޑުން ކުރަނިކޮށް މަރުވެފައި އޮއްވާ ފެނިފައިވަނީ އިއްޔެ 13:32 އެހައިކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މިމައްސަލަ ތަޙުޤީޤު ކުރަމުންނެވެ.
އިތުރަށް





.gif.gif&w=828&q=100)