logologologologo
STO
ޚަބަރު

ކަނޑުމަތީގެ ހާދިސާއެއްއްގައި ސިފައިންގެ މީހަކާއި ފުލުހުންގެ މީހަކު ގެއްލިގެން ހޯދަން ފަށައިފި

ކަނޑުމަތީގެ ހާދިސާއެއްއްގައި ސިފައިންގެ މީހަކާއި ފުލުހުންގެ މީހަކު ގެއްލިގެން ހޯދަން ފަށައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 06

ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ރަކާތްތެރިވި ދިވެހި ސިފައިންގެ މީހަކާއި ފުލުހުންގެ މީހަކާއި ދޯންޏެއްގެ ކެޕްޓަން ގެއްލިގެން ހޯދަން ފަށައިފިއެވެ.

ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނި، ރާޅު އަރައި ދިޔަވަމުންދާތީ އެ އުޅަނދާއި އޭގައި ތިިބި މީހުން ސަލާމަތްކުރުމަށް ސިފައިންނާއި ފުލުހުން މަސައްކަތްކުރަމުން ދަނިކޮށް އެ ދޯނި އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ރޭ ވަނީ ބުނެފައެވެ.

އެ ދޯނި އަޑިއަށް ދިޔައިރު، އޭގައި 8 މީހުން ތިބި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އޭގެ ތެރެއިން 7 މީހަކު ވަނީ ސަލާމަތްކޮށްފައެވެ.

މި ހާދިސާ ހިނގިއިރު، ދޯނީގައި ތިބީ ކިތައް ދިވެހިން ކަމެއް ނުވަތަ ބިދޭސީން ކަމެއް އެ އިދާރާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

 

View post on Twitter

 

މިއޮޕަރޭޝަންގައި އުޅުނު ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކައްޕި ގެއްލިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ހުއްޓުމެއް ނެތި މިހާރު ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދަނިކޮށް ހިނގި މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާރޑް ފޯތު ސްކޮޑްރަން އަށް ލިބިފައިވަނީ، 5 އޮގަސްޓް 2026 ވަނަ ދުވަހުގެ ރޭގެ 22:37 ހާއިރުއެވެ.  

މި އުޅަނދަށް ރާޅު އަރައި ދިޔަވަމުންދާކަމުގެ މަޢުލޫމާތު ލިބުމާއެކު، އުޅަނދާއި އޭގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން ވަނީ ފަށާފައެވެ.

ނަމަވެސް، ކަނޑުގަދަވުމުގެ ސަބަބުން ދޯނި ސަލާމަތްކުރުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތް ނުވެ، ސިފައިންނާއި ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް އުޅަނދު ވަނީ މުޅިން އަޑިއަށް ގޮސްފައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް