ޓެރަރިޒަމްގެ މައްސަލައެއްގެ ތަޙުޤީޤަށް މީހަކު ހޯދަނީ

ޓެރަރިޒަމްގެ މައްސަލައެއްގެ ތަޙުޤީޤަށް މީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުންގެ އިދާރާއިން ބުނީ ޓެރަރިޒަމް އެންޑް ވައިލެންޓް އެކްސްޓްރީމިޒަމް އިންވެސްޓިގޭޝަންސް އިން ތަޙުޤީޤު ކުރަމުންދާ މައްސަލައެއްގެ ތަޙުޤީޤަށް، ށ.ކޮމަންޑޫ، ހިޔަލީގެ /އިބްރާހީމް އަޒުހަދު (36އ) ޙާޟިރުކުރަން ބޭނުންވެ، ޙާޟިރު ކުރެވިފައި ނުވާ ކަމަށެވެ.
އޭނާ ޙާޟިރު ކުރެވިފައި ނުވަނީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށް ފުލުހުންގެ އިދާރާއިން ބުންޏެވެ.
އެހެންކަމުން، ޖިނާއި މައްސަލަތައް ތަޙުޤީޤު ކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާޢަތުގެ ޤަވާޢިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން އޭނާ ތަޙުޤީޤަށް ޙާޟިރުވުމަށް ފުލުހުން ވަނީ އަންގައި އިޢުލާނުކޮށްފައެވެ.
ފުލުހުންގެ އިދާރާއިން ވަނީ 2026 އޯގަސްޓް 15 ވަނަ ދުވަހުގެ 15:00 އަށް، ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް އިބްރާހީމް އަޒުހަދު ޙާޟިރުވުމަށް އަންގައިފައެވެ.
އިތުރަށް





.gif.gif&w=828&q=100)