
އެފްއޭއެމްގެ ރައީސްކަމަށް ޠާރިޤް އިންތިޚާބުކޮށްފި!
ޒައުޖަތު އަޙުމަދުފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމުގެ ރައީސްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަދި ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަޙުމަދު ޠާރިޤް (ޓޮމް) އިންތިޚާބުކޮށްފިއެވެ.
އެފްއޭއެމްގެ ރައީސްކަމަަށް ޠާރިޤް އިންތިހާބުކުރީ މިއަދު ބޭއްވި އެމްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ހުރިހާ ކުލަބުތަކެއްގެ އިއްތިފާޤުންނެވެ. މިއަދު ވަނީ އޭނާ ހުށަހަޅުއްވާފައިވާ ހިންގާ ކޮމިޓީވެސް އިއްތިފާޤުން ފާސްކޮށްފައެވެ.
މިއަހަރުގެ ޖޫންމަހު 26ގައި ފާސްކުރި އަސާސީ ޤަވާޢިދުގެ ދަށުން މިއަދު ބޭއްވި އިންތިޚާބުގައި ޠާރިޤާއި ވާދަކުރަން އެއްވެސް ކެނޑިޑޭޓަކު ނެތެވެ. އޭނާ އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅީ ވޯޓު ލުމުގެ ފުރުސަތު ލިބިފައިވާ 23 ކުލަބުގެ ތާޢީދާއި އެކުގައެވެ.
ނޯމަލައިޒޭޝަން ކޮމިޓީގެ ބެލުމުގެދަށުން މި އިންތިޚާބު ބާއްވާފައިވާއިރު، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހުރީ ޚިޔާނާތުގެ މައްސަލަތަކާއި ގުޅިގެން ފީފާއިން ސަސްޕެންޑްކޮށްފައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމަށް މޮޅަށް ކުޅުނު ފޯވަރޑް ޠާރިޤް، އެފްއޭއެމުގެ ރައީސްކަން، 2015 ވަނަ ހަތަރު މަސް ދުވަހު ކުރެއްވިކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ރާއްޖެ އާއި ފަލަސްތީނު ވާދަކުރާ އެކުވެރިކަމުގެ ފުރަތަމަ މެޗު މިރޭ2025 ނޮވެމްބަރު 13
ބައްސާމް 4 އަހަރަށް ޖަލަށް، އެކައުންޓަށް މަހަކު 34 ހާސް ޑޮލަރު ޖަމާވަމުން ދިޔަކަން ހާމަވެއްޖެ2025 އޮކްޓޯބަރު 09
ރާއްޖެއިން ލަންކާ ބަލިކޮށްފި2025 ސެޕްޓެމްބަރު 06
ބައްސާމުގެ ޚިޔާނާތުގެ މައްސަަލަތައް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފި!2025 ޖޫން 10