
ބައްސާމުގެ ޚިޔާނާތުގެ މައްސަަލަތައް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފި!
ޒައުޖަތު އަޙުމަދުއެފްއޭއެމްއަށް ބޭރުގެ ފަރާތްތަކުން ލިބޭ އެހީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، މަނީ ލޯންޑަރިންގެ ޢަމަލުތަކެއް ހިންގާފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައިގެ ތަޙުޤީޤު ކުރަމުންދާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
އެފްއޭއެމްގެ ޚިޔާނާތާ ގުޅިގެން ތަޙުޤީޤު ކުރަމުންދާ މައްސަލަތަކުގެ ތެރޭގައި އެފްއޭއެމްގެ ކުރީގެ ރައީސް، ބައްސާމު ޢަދީލް ޖަލީލް ހިއްސާވާ ކުންފުންޏަކަށާއި، އެފް.އޭ.އެމްގައި އޭރު މަސައްކަތްކުރި ފަރާތްތަކުގެ އެކައުންޓުތަކަށް އެފް.އޭ.އެމްގެ ފައިސާ ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަމަށް ތުޙުމަތުކުރެވޭ މައްސަލަ ހިމެނޭކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން އެފްއޭއެމްއިން ކްލަބުތަކަށް ދެމުންދާ ސަބްސިޑީތައް ކުލަބުތަކުގެ އިސްވެރިންގެ އަމިއްލަ އެކައުންޓުތަކަށާއި އެފަރާތްތައް ހިއްސާވާ ކުންފުނިތަކުގެ އެކައުންޓުތަކަށް ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަން ފާހަގަކުރެވިފައިވާތީ، އެ މައްސަލައިގެ ތަޙުޤީޤު ވެސް ކުރިއަށްދާކަން ފުލުހުންގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
ކޮވިޑާ ގުޅިގެން ފުޓްބޯޅަ ކުލަބުތަކަށް ދިމާވި މާލީ ދަތިތަކަށް އެހީތެރިވުމުގެ ގޮތުން ފީފާއިން އެފްއޭއެމްއަށް ލޯނުގެ ގޮތުގައި ދިން 1.9 މިލިއަން ޑޮލަރުން ފުލެޓް ގަތް މައްސަލާގައި ބައްސާމާއި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާކުރަން ފުލުހުން ކުރިން ވަނީ ޕިޖީ އޮފީހަށް ފޮނުވާފައެވެ.
ފުލެޓް ގަތް މައްސަލާގައި ދަޢުވާކުރަން ފޮނުވީ ބައްސާމުގެ އިތުރުން، އަމީން އެވެނިއުގެ ވެރިފަރާތް ކަމަށްވާ އަމީން ކޮންސްޓްރަކްޝަން އާއި، އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުޙައްމަދު އަޤީލް އަދި އެފްއޭއެމްގައި އޭރު އިސްކޮށް އުޅުނު ޙަސަން ވަޙީދުގެ މައްޗަށެވެ.
ބައްސާމް އަމީން އެވެނިއުއިން ދެ ފުލެޓް ގަނެފައިވާއިރު، އެ ދެ ފުލެޓް ގަނެފައި ވަނީ އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން ކަމަށް ފުލުހުން ވަނީ ތުޙުމަތުކޮށްފައެވެ.
މީގެއިތުރުން ބައްސާމު ވަނީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގައި، ފީފާގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރިކަމުގެ ތުޙުމަތުގައި ފީފާއިން 9 މަސް ދުވަހަށް ސަސްޕެންޑް ވެސް ކޮށްފައެވެ. އެފްއޭއެމްގެ ރައީސްކަމުގެ މަޤާމުގައި ހުރެ، ބޭންކް އޮފް ސިލޯންގައި އޮތް އެފްއޭއެމްގެ އެކައުންޓަކަށް، 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޯގަސްޓް މަހާ ދެމެދު ފީފާއިން ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން ދިހަހާސް ޑޮލަރު ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ ބީއެމްއެލް އެކައުންޓަކަށް އޯގަސްޓް، 2018 ގައި ޖަމާކޮށްފައި ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ބައްސާމުގެ މައްޗަށް ޚިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާތައް ސާބިތުވެއްޖެނަމަ އެއްލައްކަ ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، ފަސްއަހަރާ ފަނަރައަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ޙުކުމެއް އޭނާއަށް އަންނާނެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޖަލު ހެދުމުގައި ކޯޓަށް ދާން ބައްސާމު ދެކޮޅުހަދައިފި!2025 ނޮވެމްބަރު 16
ރާއްޖެ އާއި ފަލަސްތީނު ވާދަކުރާ އެކުވެރިކަމުގެ ފުރަތަމަ މެޗު މިރޭ2025 ނޮވެމްބަރު 13
ބައްސާމް 4 އަހަރަށް ޖަލަށް، އެކައުންޓަށް މަހަކު 34 ހާސް ޑޮލަރު ޖަމާވަމުން ދިޔަކަން ހާމަވެއްޖެ2025 އޮކްޓޯބަރު 09
ރާއްޖެއިން ލަންކާ ބަލިކޮށްފި2025 ސެޕްޓެމްބަރު 06