
ވެލިދޫ ދާއިރާގެ މެމްބަރު ޢައްބާސް ދާއިރާގެ ކުރިއެރުމަށް ހުރަސްއަޅުއްވާ ކަމުގެ ތުޙުމަތު!
ޒައުޖަތު އަޙުމަދުވެލިދޫ ދާއިރާގެ މެމްބަރު ޢައްބާސް ދާއިރާގެ ކުރިއެރުމަށް ހުރަސްއަޅާ ކަމުގެ ތުޙުމަތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވައިފިއެވެ.
ނ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން، ވެލިދޫ ދާއިރާގައި ހިމެނޭ ފޮއްދުއަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް ހަމަހަމަގޮތެއްގައި ޚިދުމަތްކޮށް ރައްޔިތުން އެދޭކަންކަން ފުރިހަމަކޮށްދިނުން ކަމަށެވެ. ޚާއްޞަކޮށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް އެންމެ ފުރިހަމައަށް ފުއްދައިދިނުމަކީ އެންމެ އިސްކަންދެއްވާ ކަންތައްކަމަށާއި، އެގޮތުން ފޮއްދޫއަށް ބޭނުންވާނެ މުހިންމު މަޝްރޫޢުތަކެއް ފެށުމަކީ ލިބިވަޑައިގެންނެވި އުފަލެއްކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސިޔާސީ ޚިޔާލުތަފާތުވުން ރައްޔިތުން ކުރިމައްޗަށް ގެނެސްގެންނުވާނެކަމަށާއި، ސިޔާސީ ޚިޔާލުތަފާތުވުމަށް ނުބަލައި ސަރުކާރުން ކުރިއަށްދާނީ ރައްޔިތުންނަށް ޚިދުމަތްކުރުމުގައިކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ދާއިރާގެ މެމްބަރުގެ އެއްބާރުލުން ނުލިބޭކަން ފާހަގަކުރައްވާ، މަޝްރޫޢުތަކަށް މެމްބަރު ހުރަސް އަޅުއްވާކަމަށް ތުޙުމަތުކުރައްވާފައެވެ. ފޮއްދޫ ހިމެނޭ ވެލިދޫ ދާއިރާގެ މެންބަރަކީ އެމްޑީއޭއަށް ނިސްބަތްވާ މުޙައްމަދު ޢައްބާސްއެވެ.
އެމްޑީޕީގެ މެމްބަރުންގެ ފަރާތުން އެމަނިކުފާނު ކުރައްވާ މަސައްކަތްތަކަށް ހުރަސް ނޭޅި ނަމަވެސް ވެލިދޫ ދާއިރާގެ މެމްބަރުގެ ފަރާތުން އެހުރަސްތައް ކުރިމަތި ކުރުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
" ދާއިރާގެ މެމްބަރުގެ އެހީތެރިކަން ނުލިބޭ ތަނުގަ ކަންކަމަށް ހުރަސްއެޅުމަށް މަސައްކަތްކުރަމުންދާކަން ހިތާމައާއެކު ފާހަގަކުރަން. އަޅުގަނޑު ޤަބޫލްކުރަނީ ރައްޔިތުން އިންތިޚާބުކޮށްފައި ހުންނަ މަންދޫބަކު ކަމަށްވާނަމަ ސިޔާސީ ޚިޔާލު ތަފާތުވުން އެއްވެސް ވަރަކަށް ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ކުރިމައްޗަށް ގެނެސްގެން ނުވާނެކަމަށް. އެއަށްވުރެ ޒިންމާދާރުކަމާއެކީ ޕްރޮފެޝަނަލްކޮށް ހުރިހާ އެންމެންވެސް މަސައްކަތް ކުރަން ޖެހޭކަމަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ސަރުކާރުން ދާނީ ކުރިއަށްކަމަށެވެ. އަދި އެމަނިކުފާނު ދެން ފޮއްދޫއަށް ވަޑައިގަތުމަށް ގަސްތުކުރައްވަނީ އަލަށް ފެށުނު މަޝްރޫޢުތައް ނިމި އޭގެ އުފަލުގައި ރައްޔިތުންނާއެކު ބައްދަލުވުމަށްކަމަށް ރައީސް ވިދާޅުވިއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އެސްޓީއޯއިން 23 ބާވަތެއްގެ ކާބޯތަކެތި އެތެރެކުރަން ފެށީ ތަކެތީގެ އަގު ހެޔޮކުރަން: ރައީސް2025 ޑިސެމްބަރު 05
ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް މަޚްލޫފު ޢައްޔަންކުރައްވައިފި2025 ޑިސެމްބަރު 04
ތިމާވެށްޓަށް ގެއްލުންދޭ ކުދި ޕްލާސްޓިކް ފެންފުޅި މަނާކުރުން 2028އަށް ފަސްކޮށްފި2025 ޑިސެމްބަރު 03