
ޔޫރަޕްގައި މިފްކޯ ބްލެކްލިސްޓް ކުރި ވާހަކައަކީ ދޮގެއް: ވަޒީރު ޝިޔާމް
ޒައުޖަތު އަޙުމަދުޔޫރަޕްގެ ބައެއް ޤައުމުތަކުން ދިވެހި ދައުލަތުގެ މަސްކުންފުނި، މިފްކޯ ބްލެކްލިސްޓް ކުރި ކަމަށްބުނެ ފަތުރަމުންދާ ވާހަކަތައް މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމް ދޮގުކުރައްވައިފިއެވެ.
އީޔޫއާ ޔޫކޭއިން މިފްކޯ ބްލެކްލިސްޓް ކޮށްފައިވާ ކަމަށްބުނެ ރާއްޖޭގެ އޮންލައިން ނޫހަކުން އިއްޔެ މި ޚަބަރު ފަތުރާފައިވާއިރު މިކަމާގުޅޭ ތަފްސީލެއް ގެނެސްދީފައި ނުވެއެވެ.
މި ކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާ ވަޒީރު ޝިޔާމް ވިދާޅުވީ އެ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ އީޔޫއިން ވެސް އަދި އިނގިރޭސިވިލާތުން ވެސް މިފްކޯ އަދި އެކްޓީވް އެއްވެސް ދިވެހި ކުންފުންޏެއް ބްލެކްލިސްޓް ކޮށްފައި ނުވާ ކަމަށެވެ.
ޝިޔާމް ވިދާޅުވީ އަންނަ ހަފަތާގައި ވެސް އިނގިރޭސިވިލާތުގެ ބޮޑު ވިޔަފާރިއަކުން މިފްކޯއާއެކު ވިޔަފާރި އެއްބަސްވުމެއްގެ މަޝްވަރާއަށް ރާއްޖެއަންނަން ހަމަޖެހިފައިވާ ކަމަށެވެ.
ދިވެހީންގެ ލޭނާރު ކަމުގައިވާ މަސްވެރިކަމަކީ ދިވެހި އެތައް ޢާއިލާތަކެއްގެ ދިރިއުޅުން އެއަށް ބިނާވެފައިވާ ކަމަކަށް ވީހިނދު އެ ޢާއިލާތަކަށާ ޤައުމަށް ނިކަމެތިކަން އަންނާނެފަދަ ގޮތަކަށް، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ނޫހަކުުން ޙަޤީޤަތާ ޚިލާފް އެފަދަ މަޢުލޫމާތު ފެތުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމުގައި ޝިޔާމް ވިދާޅުވިއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ނިންމަން އުނދަގޫ ނިންމުން ނިންމާ ތަންފީޒު ކުރެވޭނީ ނިކަން މައިބަދަ ވަރުގަދަ ވެރިންނަށް: ޝިޔާމް2025 ނޮވެމްބަރު 01
ރައީސް ޑރ. މުޢިއްޒަށް އަތުވީ އިޤްތިޞާދީ ހުސް ތޮށިގަނޑެއް: ޝިޔާމް2025 އޮކްޓޯބަރު 03
މިފްކޯއިން މިހާރު ކޮންމެ ދެދުވަހުން އެއްދުވަހު މަސްވެރިންނަށް ފައިސާ ދޫކުރޭ 2025 ސެޕްޓެމްބަރު 04
މިފްކޯއިން ފުވައްމުލަކުން މަސް ގަންނަން ފަށައިފި: ފުރަތަމަ ދުވަހުވެސް 6 ޓަނު މަސް2025 އޯގަސްޓު 31