logologologologo
STO
ޚަބަރު

މެލޭޝިއާގައި ކިޔަވާ ދަރިވަރުން ދައްކަންޖެހޭ ޓެކްސް ފައިސާ މުއްދަތު ހަމަވުމުގެ ކުރިން ސަރުކާރުން ފޮނުވާނެ: ވަޒީރު

މެލޭޝިއާގައި ކިޔަވާ ދަރިވަރުން ދައްކަންޖެހޭ ޓެކްސް ފައިސާ މުއްދަތު ހަމަވުމުގެ ކުރިން ސަރުކާރުން ފޮނުވާނެ: ވަޒީރު
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2025 ޖުލައި 08

މެލޭޝިޔާގައި ކިޔަވާ ދިވެހި ދަރިވަރުން ދައްކަންޖެހޭ ޓެކްސް ފައިސާ، އެކަމަށް ކަނޑައެޅިފައި އޮތް މުއްދަތު ހަމަވުމުގެ ކުރިން ސަރުކާރުން ފޮނުއްވާނެކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ ސަރުކާރުގެ ޚަރަދުގައި މެލޭޝިޔާގައި ކިޔަވަމުންދާ ދަރިވަރުންނަށް ދައްކަންޖެހޭ ޓެކްސް ފައިސާ ސަރުކާރުން ހަމަޖައްސަވައިދެއްވާނެކަމަށެވެ.

އަދި މެލޭޝިޔާގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ފައިސާ ފޮނުވުމުގެ މަސައްކަތް ވުޒާރާއިން މިހާރު ކުރަމުން އަންނަ ކަމަށާއި އަދި ފައިސާ ދައްކަންޖެހޭ މުއްދަތުގެ ތެރޭގައި ހުރިހާ ދަރިވަރުންނަށްވެސް ފައިސާ ފޮނުވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ދާދިފަހުން މެލޭޝިޔާގެ ޤާނޫނަށް ގެނައި ބަދަލަކާ ގުޅިގެން އެ ޤައުމުގައި ކިޔަވާ ޤައުމުން ބޭރުގެ ދަރިވަރުންގެ އަތުން މި ޖުލައި މަހުން ފެށިގެން ޓެކުހެއް ނަގަން ވަނީ ފަށާފައެވެ. ޓެކްސް ނެގުމަށް ހަމަޖެހިފައިވަނީ ޓިއުޝަން ފީގެ ގޮތުގައި އަހަރަކު 60،000 މެލޭޝިއަން ރިންގިޓް ޚަރަދުކުރާ ބޭރު ދަރިވަރުންގެ އަތުންނެވެ.

މެލޭޝިޔާއަކީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ސަރުކާރުގެ ލޯނު އެހީއާއި ސްކޮލަރޝިޕްގައި ކިޔަވަމުން އަންނަ ޤައުމެއްކަން ފާހަގަކުރެވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް