އިމާމުންނާއި ޚަޠީބުން ހިމެނޭހެން، ތަމްރީނު ޕްރޮގްރާމެއްގައި މެލޭޝިއާއަށް ފުރައިފި

މެލޭޝިޔާގައި މި މަހުގެ 8 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އިސްލާމިކް ގަވަރނަންސް އަދި އެޑްމިނިސްޓްރޭޓިވް ކޯހުގެ ދެވަނަ ބުރުގެ ބައިވެރިން މެލޭޝިޔާއަށް ފުރައިފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނީ މި ކޯހުން ފުރުސަތު ދީފައިވަނީ އިމާމުންނާއި ޚަޠީބުންގެ އިތުރުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސް ބައެއް މުވައްޒަފުންނަށް ކަމަށެވެ.
މި ކޯހުގެ ބައިވެރިން މެލޭޝިޔާގެ އިސްލާމީ އެކި މުއައްސަސާތަކުގެ މަސައްކަތައް ކުރިއަށްދާ ގޮތް ބެލުމާއި އިސްލާމީ ތާރީޚީ ބައެއް ތަންތަނަށް ޒިޔާރަތް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މި ކޯހުގެ ތެރެއިން އިސްލާމިކް ގަވަނަންސް އަދި އެޑްމިނިސްޓްރޭޝަންއާއި ގުޅޭ މުހިއްމު ސެޝަންތަކެއް ކުރިއަށް ގެންދެވޭނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
މިދިޔަ 2024 ވަނަ އަހަރުވެސް މެލޭޝިޔާއިން އިމާމުންނަށް ތަމްރީނާއި ތަޖުރިބާގެ ފުރުސަތު ހޯދައިދެވިފައިވާކަން ފާހަގަކޮށްލެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)