logologologologo
STO
ޚަބަރު

ސަރުކާރުގެ ސިޔާސަތުގައި ހިމެނިގެން ހުޅުމާލޭގައި ބިނާކުރާ "ނޮލެޖް ޕާކް"އާ ގުޅޭގޮތުން މަޝްވަރާކޮށްފި!

 ސަރުކާރުގެ ސިޔާސަތުގައި ހިމެނިގެން ހުޅުމާލޭގައި ބިނާކުރާ "ނޮލެޖް ޕާކް"އާ ގުޅޭގޮތުން މަޝްވަރާކޮށްފި!
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2025 މޭ 15

މި ސަރުކާރުގެ ސިޔާސަތުގައި ހިމެނިގެން ހުޅުމާލޭގައި ބިނާކުރާ "ނޮލެޖް ޕާކް"އާ ގުޅޭގޮތުން މަތީ ތަޢުލީމާބެހޭ ވުޒާރާއާއި ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަނުން މަޝްވަރާކޮށްފިއެވެ.

މަތީ ތަޢުލީމާބެހޭ ވުޒާރާއިން ބުނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު ވަނީ "ނޮލެޖް ޕާކް"އާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑިސީ)ގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު މަޢުރޫފް ޖަލީލްއާއި ބައްދަކުރައްވާފައި ކަމަށެވެ.

އެ ވުޒާރާއިން ބުނީ ހުޅުމާލޭގައި ގާޢިމުކުރުމަށް ހަމަޖެހިފައިވާ "ނޮލެޖް ޕާކް"ގެ މައިގަނޑު މަޤްސަދަކީ މަތީ ތަޢުލީމު ފޯރުކޮއްދޭ އެކި މަރުކަޒުތަކުގެ އެއްބާރުލުމާއެކު އުފެއްދުންތެރިކަމާއި، އެއްބައިވަންތަކަމާއެކު ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ބޭނުންވާ ޒުވާނުން ބިނާކުރުމެވެ.

މި މަޝްރުޢޫގެ ދަށުން، ދަރިވަރުންނަށް ބޭނުންވާ ވޯކްޝޮޕްތަކާއި، އެހެން ދަރިވަރުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަތުތަކާއި،ތަޖުރިބާކާރު ލެކްޗަރާސް، ލެބް، ސްޓޫޑިއޯ، ލައިބްރަރީ ފަދަ ދަރިވަރުންނަށް ބޭނުންވާ ވަސީލަތްތަށް ފޯރުކޮއްދެވޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

އައު އުފެއްދުންތަކާއި ޢިލްމީ ދިރާސާގެ އަލީގައި ހަރުދަނާ ދިރާސާ މާހަޢުލެއް ބިނާކުރުމަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. މި ސިޔާސަތަށް އަމަލުކުރުމަށް ބިނާކުރެވޭ "ނޮލެކް ޕާކް" އަކީ މަތީ ތަޢުލީމު ކުރިއެރުވުމަށް ބޭނުންވާ މުހިއްމު ވަސީލަތްތައް ހިމެނޭ، ދިރާސާކުރުމަށް ބޭނުންވާ ތަޢުލީމީ މާހަޢުލެކެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް