logo
logo
ފޮޓޯ: ރައީސް އޮފީސް

ހަ ރަށެއްގައި ފުލުހުންގެ މަރުކަޒު އިމާރާތް ކުރާނެ ބަޔަކު ހޯދަނީ

2025 ޖުލައި 03
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން 6 ރަށެއްގައި ފުލުހުންގެ މަރުކަޒު އިމާރާތް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ.

މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެދުމުގެ މަތިން ހަ ރަށެއްގައި ފުލުހުންގެ މަރުކަޒު ގާއިމުކުރުމުގެ އިތުރުން ދެ ރަށެއްގައި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްގެ މަސައްކަތްކޮށްދޭނެ ބަޔަކު ބޭނުންވާ ކަމަށެވެ.

ފުލުހުންގެ މަރުކަޒު އިމާރާތް ކުރުމަށް ނިންމާފައިވަނީ:

  • ށ. ފީވަށް
  • ރ. މަޑުއްވަރި
  • މ. މުލި
  • ތ. ތިމަރަފުށި
  • ތ. ވޭމަންޑޫ
  • ލ. މާވަށް

މީގެ ތެރެއިން މުލި އަދި ވޭމަންޑޫގައި ފުލުހުންގެ މަރުކަޒު ތަރައްގީ ކުރުމަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 212،500 ރުފިޔާ ކަނޑައަޅާފައިވާއިރު އެހެން ރަށްތަކުގައި ތަރައްގީ ކުރާ ފުލުހުންގެ މަރުކަޒުތަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި ކަނޑައަޅާފައިވަނީ 72،250 ރުފިޔާއެވެ.

ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކް އެޅުމަށް ނިންމާފައިވަނީ:

  • ހއ. ދިއްދޫ
  • ހދ. ކުޅުދުއްފުށި

މި މަޝްރުއޫތަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 127،500 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

މި މަޝްރޫއުތަކުގެ ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް 29 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00:00ގެ ކުރިންނެވެ. ބީލަން ޕޯޓަލް މެދުވެރިކޮށް ބީލަން ހުށަހެޅޭނީ ޕޯޓަލަށް ރަޖިސްޓަރީވާ ފަރާތްތަކަށެވެ. މި މަސައްކަތްތަކަށް ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚުގެ މަދުވެގެން 3 ދުވަސް ކުރިން ބީލަން ޕޯޓަލް ރަޖިސްޓަރޭޝަން ފުރިހަމަ ކުރައްވަންވާނެ ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް