
ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ރައީސްގެ ދެކަނބަލުން ބައްދަލުކުރައްވައިފި!
ޒައުޖަތު އަޙުމަދުރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ސިންގަޕޫރަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހީންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވައި، އެ ފަރާތްތަކުގެ ހާލުއަހުވާލު ބައްލަވައިލައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.
މި ބައްދަލުކުރެއްވުން އޮތީ ސިންގަޕޫރުގައި ހުންނަ ރިޓްސް ކަރލްޓަންގެ ގާޑަން ޕެވީލިއަންގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މި ބައްދަލުކުރެއްވުމުގެ ބައިވެރީންނަށް ފަރީއްކޮޅެއްވެސް ދެއްވާފައެވެ.
ދިވެހިންނާއެކު ބޭއްވެވި މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭރު ޤައުމުތަކުގައި ދިިރިއުޅޭ ދިވެހިންނާ ބައްދަލުކޮށް ހާލުއަހުވާލު އޮޅުންފިލުވުމަށް ޚާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވާފައެވެ.
ޑރ. ޚަލީލް ވިދާޅުވީ ސިންގަޕޫރަށް ރައީސް ކުރައްވާ ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއްކަމަށާ ދިވެހިންނަށް ފައިދާ ވާނެ ގިނަ ކަންކަން ހާސިލް ކުރުމަށް މަޝްވަރާކޮށް އެއްބަސްވުންތަކުގައި ސޮއިކުރެވުނު ކަމަށެވެ.
ޖޫން 29 ން ޖުލައި 2 އަށް، ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވާ ފުރަމާނަ ދަތުރުފުޅަކީ އެ ޤައުމުގެ ރައީސްގެ ޚާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ރައީސްކަމަށް ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު ސިންގަޕޫރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޑރ. ޒާހިރު ޙުސައިންގެ ޚިދުމަތަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރައްވައިފި2026 ފެބްރުއަރީ 01
790 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢު "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް"ގެ ބިންގާ އަޅައިފި2026 ޖެނުއަރީ 29
ޕީއެންސީގެ ޒުވާނުންގެ ގޮފި އުފައްދާ އިއުލާންލާނު ކުރިތާ 1 ދުވަސް ތެރޭ މަސައްކަތް ފަށާފި، ފުރަތަމަ ބައްދަލުވުން ރޭ ބާއްވައިފި 2026 ޖެނުއަރީ 29
ރޯދަ ހަދިޔާއަށް ބޮޑު ތަރުހީބެއް، 12 ހާހަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި!2026 ޖެނުއަރީ 27