ޚަބަރު
މިނިވަން ދުވަހާ ގުޅުވައި ޖުލައި 28 ވެސް ބަންދު!

މުހައްމަދު ރިފާއު2025 ޖޫން 25
މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން، 2025 ޖުލައި 28 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ބުނީ، މި އަހަރަކީ، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށް ވުމާއެކު، މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން، ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން، މިނިވަން ދުވަހުގެ މުނާސަބަތުގައި ބަންދުވާ 2025 ޖުލައި 27 ވާ އާދީއްތަ ދުވަހު ބާއްވާ ހަރަކާތްތަކުގެ އިތުރުން، ޖުލައި 28 ވާ ހޯމަ ދުވަހުގެ ޕުރޮގުރާމުގައިވެސް މުހިންމު ބައެއް ކަންކަން ހިމެނޭ ކަމަށެވެ.
ވުމާއެކު، 2025 ޖުލައި 28 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވާފައިވާ ކަމަށެވެ.
އިތުރަށް

މިއަހަރުގެ "ހެލްތު އެންޑް ފެމެލީ އެކްސްޕޯ" ރައީސް އިފްތިތާޙުކޮށްދެއްވައިފި
5 ނޮވެމްބަރު 2026

ޤައުމުތައް މިނިވަންކަމާއެކު ކުރިއަރައިދާ މަންޒަރު ބަލަން ނުތިބެ، އަމިއްލަ ޤައުމާ މެދު ވިސްނާ: ރައީސް
4 ނޮވެމްބަރު 2026

ޤައުމެއްގެ އަމިއްލަ ބަސް ބުނެވެނީ ސަލާންޖަހަން ނުޖެހޭ އިޤުތިޞާދެއް އޮވެގެން: ރައީސުލްޖުމްހޫރިއްޔާ
4 ނޮވެމްބަރު 2026

މި ރިޔާސީ ދައުރަކީ އަސްކަރިއްޔާ ތަރައްޤީކުރުމަށް އެންމެ ބޮޑު ހޭދައެއް ކުރި ދައުރު: ޙިލްމީ
3 ނޮވެމްބަރު 2026

.gif.gif&w=828&q=100)