logo
logo
އެމްޑީޕީ ވިޔާނުދާވެގެން އެޕާޓީން ވަކިވި ކުރީގެ ރައީސް ނަޝީދު އަލުން އެޕާޓީއާ އަލުން ގުޅިއްޖެ

އެމްޑީޕީ ވިޔާނުދާވެގެން އެޕާޓީން ވަކިވި ކުރީގެ ރައީސް ނަޝީދު އަލުން އެޕާޓީއާ އަލުން ގުޅިއްޖެ

2025 ޖޫން 23
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

އެމްޑީޕީ ވިޔާނުދާވެގެން އެޕާޓީން ވަކިވި ކުރީގެ ރައީސް ނަޝީދު އަލުން އެޕާޓީއާ އަލުން ގުޅިއްޖެއެވެ.

މިރޭ ސަލްޓަން ޕާކުގައި ކުރިއަށްދާ އެމްޑީޕީގެ ހާއްސަ ޖަލްސާގައި ނަޝީދު އެމްޑީޕީއަށް އަލުން ސޮއިކުރެއްވީ، އެމަނިކުފާނު އެ ޕާޓީން ވަކިވެވަޑައިގެންނެވިތާ ދެ އަހަރާއި ދެ ދުވަސް ފަހުންނެވެ.

2023 ގެ ރިޔާސީ ޕްރައިމަރީއަށް ފަހު އެމްޑީޕީގެ ތެރޭގައި އުފެދުނު ބައިބައިވުމުގެ ތެރެއިން ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ ޖޫން 21، 2023 ގަ އެވެ. އޭގެ ފަހުން އެމަނިކުފާނު އިސްކޮށް ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސް އަށް ނަޝީދު ސޮއިކުރެއްވީ ޖުލައި 13، 2023 ގަ އެވެ. މިއަދާ ހަމައަށް އެމަނިކުފާނު ހުންނެވީ ޑިމޮކްރެޓްސްގެ މެންބަރެއްގެ ގޮތުގަ އެވެ.

ނަޝީދު ގުޅިވަޑައިގަންނަވަން ޖަލްސާ ބާއްވަން އުޅެނިކޮށް ރޭ ޞާލިޙް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ވެސް އިއުލާނުކުރައްވައިފައެވެ. އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުވެސް މިއަދު ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް