logo
logo
ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް ހެޔޮ އަސަރުކުރު ކޮށްފައިވާތީ ފިޗުން ރާއްޖޭގެ ރޭޓިން ދަމަހައްޓައިފި

ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް ހެޔޮ އަސަރު ކޮށްފައިވާތީ ފިޗުން ރާއްޖޭގެ ރޭޓިން ދަމަހައްޓައިފި

2025 ޖޫން 12
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ފިޗް ރޭޓިންގްސްއިން ދިވެހިރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިން 'ސީސީ' ގައި ދަމަހައްޓައިފިއެވެ. މި ނިންމުމުގައި އާމްދަނީ އިތުރުވުމާއި، ބޭރު ފައިސާގެ ރިޒާވް ރަނގަޅުވުމާއި، އަދި ހަރަދުތައް ބެލެހެއްޓުން ފާހަގަކޮށްފައިވެއެވެ.

 ރާއްޖޭގެ ރޭޓިން ސީސީއަށް ދަށްކުރީ މިދިޔަ އޮގަސްޓުގަ އެވެ. ފިޗުން މިއަދު ނެރުނު ރޭޓިންގައި ވަނީ 'ސީސީ' ދަމަހައްޓާފަ އެވެ.

މި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް، ރާއްޖެއިން ވަނީ ޖުމްލަ 71.0 މިލިއަން އެމެރިކާ ޑޮލަރުގެ ފިސްކަލް ސާޕްލަސްއެއް ރެކޯޑުކޮށްފައެވެ. މިއީ އާމްދަނީ ހޯދުމުގެ ޕަރފޯމަންސް ރަނގަޅުވުމާއި ސަރުކާރުން ތަންފީޒުކުރި ބަޖެޓް ކޮންޓްރޯލްތަކުގެ ނަތީޖާއެކެވެ. މި ނަތީޖާތަކުން ދައްކުވައިދެނީ ޒިންމާދާރު މާލީ ކަންކަމާއި ހަރުދަނާ ޕަބްލިކް ފައިނޭންޝަލް މެނޭޖްމަންޓަކަށް އައިސްފައިވާ ބަދަލެވެ.

ފިޗްގެ އެނަލިސިސްގައި ފާހަގަކޮށްފައިވާ ގޮތުގައި އިންޑިއާގެ މަރުކަޒީ ބޭންކް، އާރުބީއައާ އެކު ހަދާފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމާއި ފަތުރުވެރިކަން ރަނގަޅުވެފައިވުމުން ބޭރު ފައިސާގެ ރިޒާވް އިތުރުވެފައިވީ ނަމަވެސް، ކުރިއަށް އޮތް އަހަރު ދައްކަންޖެހޭ ބޮޑެތި ދަރަނިތައް އަދާކުރުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް ފާހަގަވެފައިވެ އެވެ. 2026 ވަނަ އަހަރު ދައްކަންޖެހޭ ދަރަނީގެ އަދަދު 1.1 ބިލިއަން ޑޮލަރަށް އަރާނޭ ކަމަށް ވެސް ފިޗުން ލަފާކޮށްފައިވެ އެވެ.

ސަރުކާރުގެ އަމާޒަކީ އުފެއްދުންތެރިކަން އިތުރުކޮށް އިންވެސްޓްމަންޓް މާހައުލު ރަނގަޅުކުރުމަށް ގެނެވޭ ސްޓްރަކްޗަރަލް އިސްލާހުތަކުގެ އެހީގައި ދައުލަތުގެ ދަރަނި ދަށަށް ދާނެ މަގެއް ހޯދުމެވެ. ސަރުކާރުން ޔަގީންކޮށްދެނީ މާލީ ޒިންމާދާރުކަމާއި ދުރު ރާސްތާގެ މާލީ ދުޅަހެޔޮކަމަށް ސަރުކާރުން ފުރިހަމައަށް އަޒުމު ކަނޑައަޅާފައިވާކަމެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް