
ދައުލަތް ހިންގަން ކުރި ހަރަދު %21.8 ދަށްކޮށްފި
ސަރުކާރު ހިންގުމުގެ ހަރަދު 8.6 ޕަސެންޓް އުނިކޮށް ޖުމްލަ ރިކަރަންޓް ހަރަދުން 3.3 ޕަސެންޓް ދަށްކުރުމާއެކު ޖުމްލަ ހަރަދު 21.8 ޕަސެންޓް ދަށްވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ނެރުނު ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުން މި އަހަރު އާމްދަނީގެ ގޮތުގައި 13.5 ބިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ހަރަދު ހުރީ 12 ބިލިއަން ރުފިޔާގަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 2.1 ބިލިއަން ރުފިޔާ އިން ޑެފިސިޓްވެފައި ހުރި އޯވަރޯލް ބެލެންސް އަރަނިވި 17 ވަނަ ހަފުތާ އެވެ.
ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްތައް އަލުން ރިވިއުކޮށް، ނަތީޖާނެރެވޭނެ ޕްރޮގްރާމްތަކަށް އިސްކަންދިނުމުގެ ސިޔާސަތާއެކު، ކެޕިޓަލް އެކްސްޕެންޑިޗާގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ޚަރަދު، 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 75.8 އިންސައްތައިން ވަނީ ދަށްވެފައިވެ އެވެ.
ހަރަދު ކުޑަކުރުމަށް ކުރެވޭ އެހެނިހެން މަސައްކަތްތަކާއެކު، ދަތުރުފަތުރުގެ ޚަރަދު 21.8 އިންސައްތައިން ދަށަށް ގޮސް، ހިންގުމުގެ ޚަރަދު 8.6 އިންސައްތައިން ދަށްވެ، ޖުމުލަ ރިކަރަންޓް ޚަރަދު ވަނީ 3.3 އިންސައްތައިން ދަށްވެފަ އެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް މަޚްލޫފު ޢައްޔަންކުރައްވައިފި2025 ޑިސެމްބަރު 04
ތިމާވެށްޓަށް ގެއްލުންދޭ ކުދި ޕްލާސްޓިކް ފެންފުޅި މަނާކުރުން 2028އަށް ފަސްކޮށްފި2025 ޑިސެމްބަރު 03
ރައީސް މާދަމާ ރޭ މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވަނީ2025 ޑިސެމްބަރު 03