
މާލީ ދާއިރާ ކުރިއެރުވުމަށް ފައިނޭންޝަލް ޑިސްޓްރިކްޓްގެ ނަމުގައި ކުންފުންޏެއް އުފައްދައިފި
ގްރޭޓާ މާލޭ ފައިނޭންޝަލް ޑިސްޓްރިކްޓުގެ ނަމުގައި މާލީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުގެ ކުންފުންޏެއް ރައީސް މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ.
އެ ކުންފުނި އުފެއްދެވީ ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރި ރައީސްގެ ގަރާރަކުންނެވެ.
ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އެކުލެވޭ މި ކުންފުނި އުފެއްދީ ދިވެހި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި ޑިޖިޓަލް ފައިނޭންޝަލް ސާވިސް އާއި ޑިޖިޓަލް ރިއަލް އެސްޓޭޓާއި ފައިނޭންޝަލް ޓޫރިޒަމާއި ބޭންކިންގެ ހިދުމަތް ހިމެނޭ ގޮތަށް، މާލީ ހިދުމަތްތެރިކަމުގެ ސިނާއަތު ރާއްޖޭގައި ކުރިއަރުވަން ކަމަށް ރައީސް އޮފީހުން ބުންޏެެވެ.
އެ އޮފީހުން ބުނީ ބައިނަލްއަގުވާމީ މާލީ ހިދުމަތްތަކުގެ މަރުކަޒަކަށް ރާއްޖެ ހެދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމާއި އެ މަސައްކަތްތަކާ ގުޅޭ އެންމެހާ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ވެސް މި ކުންފުނިން ކުރާނެ ކަމަށެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެ ކުންފުންޏަށް ހުއްދަކޮށްފައިވާ ރައުސުލްމާލަކީ 10ރ. ގެ 100 މިލިއަން ހިއްސާގެ މައްޗަށް ބަހާލެވިފައިވާ އެއް ބިލިއަން ރުފިޔާ ކަމަށެވެ. އެ ކުންފުންޏަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ހައްގު ލިބިގެންވާ ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ ޝަހުސެއް ކަމަށް ވެސް ބުންޏެވެ.
މި ކުންފުނި ހިންގާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ދަށުންނެވެ. އެ ކުންފުނި އުފެއްދުމަށް ރައީސް ނެރުއްވި ގަރާރުގައި ވިދާޅުވީ:
- ކުންފުނީގެ ދަރަންޏަށް އަދި ޝަރުއީ ބޭނުންތަކަށާއި އެހެން ހުރިހާ ހާލަތެއްގައި ވެސް ސަރުކާރުން ޒިންމާވާނީ ކުންްފުނި އުފެއްދުމަށް ކަނޑައަޅާފައިވާ ރައުސުލްމާލުގެ ތެރެއިން އެއްވެސް ވަރެއް އެ ކުންފުންޏަށް ސަރުކާރުން ދައްކާފައި ނުވާ ނަމަ
- ފައިނޭންޝަލް ޑިސްޓްރިކްޓު ލިމިޓެޑަށް ހުއްދަ ކޮށްފައިވާ ރައުސުލްމާލަކީ 10ރ.ގެ 100 މިލިއަން ހިއްސާގެ މައްޗަށް ބަހާލާފައިވާ 1 ބިލިއަން ރުފިޔާ
- އެ ކުންފުންޏަކީ ހިންގާ ގަވައިދު އަދި އަސާސީ ގަވައިދުގައި ބަޔާންކޮށްފައިވާ ކަންތައް ހިންގުމުގައި އަދި އަމިއްލަ ނަމުގައި ދައުވާކޮށް، ދައުވާ ލިބިގަތުމުގެ ހައްގު އޮންނަ ކުންފުންޏެއް
ފައިނޭންޝަލް ޑިސްޓްރިކްޓުގެ ނަމުގައި ސަރުކާރުގެ %100 ހިއްސާ އޮންނަ ކުންފުންޏެއް އުފެއްދެވިއިރު، ހުޅުމާލެ އަކީ މި ސަރަހައްދުގެ ފައިނޭންޝަލް ކެޕިޓަލަށް ހެދުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ އެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އެސްޓީއޯއިން 23 ބާވަތެއްގެ ކާބޯތަކެތި އެތެރެކުރަން ފެށީ ތަކެތީގެ އަގު ހެޔޮކުރަން: ރައީސް2025 ޑިސެމްބަރު 05
ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް މަޚްލޫފު ޢައްޔަންކުރައްވައިފި2025 ޑިސެމްބަރު 04
ތިމާވެށްޓަށް ގެއްލުންދޭ ކުދި ޕްލާސްޓިކް ފެންފުޅި މަނާކުރުން 2028އަށް ފަސްކޮށްފި2025 ޑިސެމްބަރު 03