18 ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަން އަޅަން ހަވާލުކޮށްފި

ރާއްޖޭގެ 18 ރަށެއްގައި ސިއްހީ ހިދުމަތްދޭ ތަންތަނުގެ އާ އިމާރާތް އެޅުމަށް ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ސިއްހީ ހިދުމަތްދޭ ތަންތަން އެޅުމަށް ހަވާލުކޮށްފައި ވަނީ އެމްޓީސީސީ، ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ.
އާރުޑީސީއާ ހަވާލުކުރި 4 ރަށް
1. ހއ. ފިއްލަދޫގެ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
2. ރ. މީދޫ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް
3. މ. މުލަކު ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
4. ގއ. ދާންދޫ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް
އެމްޓީސީސީއާ ހަވާލުކުރި 5 ރަށް
1. ހއ. އުލިގަމު ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
2. ހދ. ކުމުންދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް
3. ރ. އިންނަމާދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
4. އދ. އޮމަދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް
5. ދ. ހުޅުދެލި ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
ފެނަކައާ ހަވާލުކުރި 9 ރަށް
1. ހއ. މުރައިދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
2. ހއ. ތަކަންދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
3. ހއ. މޮޅަދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް
4. ހދ. ނޭކުރެންދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
5. ރ. ކިނޮޅަސް ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
6. ރ. ފައިނު ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
7. ރ. ރަސްމާދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
8. ރ. މަޑުއްވަރީ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް
9. ދ. ރިނބުދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
މީގެ ކުރިން ވަނީ، 10 ރަށެއްގައި ހޮސްޕިޓަލް އަދި 10 ރަށެއްގައި ހެލްތު ސެންޓަރުގެ އާ އިމާރާތުގެ މަސައްކަތް ވެސް ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްފަ އެވެ. އެހެންވެ، ޖުމްލަ 19 ހޮސްޕިޓަލާއި 15 ސިއްހީ މަރުކަޒުގެ އާ އިމާރާތް އަދި އެ ތަންތަނުގެ ޖާގަ އިތުރުކުރަން 21 މަޝްރޫއެއް މިދިޔަ އެޕްރީލް މަހާ ހަމައަށް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އިތުރަށް





.gif.gif&w=828&q=100)