logologologologo
STO
ޚަބަރު

އާރްޑީސީ އުވާލާ، އެމްޓީސީސީ އާއި އެއްކޮށްލަން ނިންމައިފި

އާރްޑީސީ އުވާލާ، އެމްޓީސީސީ އާއި އެއްކޮށްލަން ނިންމައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ސެޕްޓެމްބަރު 07

އާރްޑީސީ އުވާލައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި އެއްކޮށްލުމުގެ މަސައްކަތް ކުރުމަށް ވެސް ނިންމާފައިވާ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

"އާރްޑީސީން ކުރަމުން ދަނީ މައިގަނޑު ގޮތެއްގައި މަގުހެދުމުގެ މަސައްކަތް. އެމްޓީސީސީއަކީ ވެސް މަގު ހަދާ އަދި އެހެން އުމްރާނީ މަސައްކަތް ވެސް ކުރާ ކުންފުންޏެއް. ޑުޕްލިކޭޝަން ވަރަށް ގިނަ، ހަރަދު ވަރަށް ގިނަ. އެހެންވީމަ އެފިޝިއެންޓް ނިޒާމެއްގެ ތެރެއިން އުމްރާނީ މަސައްކަތް ފޯރުކޮށްދިނުމަށް މި ބަދަލު ގެންނަނީ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އާރްޑީސީ އުވާލެވި، އެމްޓީސީސީއާއި އެއްކޮށްލައި އެމްޓީސީސީގެ ސަރުކާރުގެ ހިއްސާ ބޮޑު ކުރެވުމުން ރައްޔިތުންނަށް އެކަމުގެ ފައިދާ ލިބިގެންދާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރައިޓްސައިޒު ކުރުމުގެ ތެރެއިން މި މަރުހަލާގައި އިތުރު މުވައްޒަފުން ވެސް މަދުވެގެންދާނެ ކަމަށެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް