ފެނަކަ އުވާލާ ސްޓެލްކޯއިން މުޅި ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ދޭގޮތަށް ހަދަން ސަރުކާރުން ނިންމައފި

ފެނަކަ އުވާލާ ސްޓެލްކޯއިން މުޅި ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ދޭގޮތަށް ހަދަން ސަރުކާރުން ނިންމައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ފެނަކައާއި ގުޅިގެން އެކިއެކި ވާހަކަތައް އަޑުއިވިފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އެމްޑީޕީ ސަރުކާރުން ފެނަކައިގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުން ވެސް ފެންނަން އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.
ފެނަކަ ރަނގަޅުކޮށް، ހިންގުމަށްޓަކައި މަސައްކަތްތަކެއް ކުރެވުނު ކަމަށާއި ނަމަވެސް އެކަމަކީ އެއީ ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ކުރެވޭނެ ކަމެއްގެ ގޮތުގައި ފަންނީ ބޭފުޅުން ވިދާޅުވާ ގޮތުގައި ކުރެވޭނެ ކަމަކަށް ނުވާ ކަމަށާއި އެހެން ކަމުން ސަރުކާރުން އެކަމާއި ގުޅޭ ގޮތުން ވަރަށް ފުންކޮށް ވިސްނައި، މަޝްވަރާކޮށް، ފެނަކަ އުވާލަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިހާރު އަޅުގަނޑުމެން ނިންމާފައިވާނީ ފެނަކަ އުވާލައި ސްޓެލްކޯއާއި އެއްކޮށްލަން. އެހެންމަ މުޅި ރާއްޖޭގައި ހިދުމަތްދޭނީ ސްޓެލްކޯއިން މި ޕްރޮސެސް ނިމުނީމަ. ފެނަކައިގެ މުޅި މަސައްކަތް ސްޓެލްކޯއަށް ބަދަލުކޮށް ފެނަކަ އުވާލެވިގެންދާނެ" ރައީސް ވިދާޅުވިއެވެ.
އިތުރަށް





.gif.gif&w=828&q=100)