ޚަބަރު
ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް، 800 ކިލޯވޮޓްގެ އައު އިންޖީނެއް މާވަށަށް ގެންގޮސްފި

މުހައްމަދު ރިފާއު2025 އޭޕްރީލު 06
ލ. މާވަށުގެ ކަރަންޓުގެ ޙާލަތުގެ ރަނގަޅު ކުރުމުގެ ގޮތުން ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް، 800 ކިލޯވޮޓްގެ އައު އިންޖީނެއް އެ ރަށަށް ގެންގޮސްފިއެވެ.
ފެނަކައިން ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލ. މާވަށުގެ ކަރަންޓުގެ ޙާލަތުގެ ރަނގަޅުކުރުމުގެ ގޮތުން ކެޕޭސިޓީ އިތުރުކުރުމަށް، 800 ކިލޯވޮޓްގެ އައު އިންޖީނެއް އެރަށަށް ގެންގޮސްފައިވާ ކަމަށެވެ.
މާވަށަށް ގެންދިޔަ އިންޖީން އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް ފެނަކައިން ވިދާޅުވިއެވެ.
އެ ކުންފުނިން ވިދާޅުވީ ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިންސްޓޯލްކުރުމުގެ މަސައްކަތް ނިންމާ ޚިދުމަތް ދޭން ފެށޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އިތުރަށް

ފެނަކަ އުވާލާ ސްޓެލްކޯއިން މުޅި ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ދޭގޮތަށް ހަދަން ސަރުކާރުން ނިންމައފި
7 ސެޕްޓެމްބަރު 2026

އެމްޑީޕީ ސަރުކާރުގެ ފަހު 3 އަހަރު ފެނަކައަށް ތިން ހާސް އެއް ސަތޭކަ މުވައްޒަފުން ނެގިކަން ހާމަވެއްޖެ!
23 އޮކްޓޯބަރު 2025

ކުމުންދޫއިން ރައީސް އަށް: ތިޔައީ ރިވެތި އަހުލަގީ ނަމޫނާ، ވެރިއެކޭ އިއްވާ ނިދާ
27 އޯގަސްޓު 2025

މި މަހުގެ މިހާތަނަަށް މަސްވެރިންނަށް 21.4 މިލިއަން ރުފިޔާ ދޫކޮށްފި
13 ޖުލައި 2025

.gif.gif&w=828&q=100)