އެމެރިކާގައި ހުންނަ އިސްރާއީލް އެމްބަސީގެ ދެ މުވައްޒަފަކަށް ބަޑިން ހަމަލާދީ މަރާލައިފި!

އެމެރިކާގެ ވޮޝިންގޓަން ޑީސީގައި ހުންނަ އިސްރާއީލް އެމްބަސީގެ ދެ މުވައްޒަފަކަށް ބަޑިން ހަމަލާދީ މަރާލައިފިއެވެ.
ބައިނަލްއަޤްވާމީ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރޭ އެމެރިކާ ގަޑީން 9 ޖަހާއިރު ދިން މި ހަމަލާ ދީފައި ވަނީ ވޮޝިންގޓަނުގައި ހުންނަ ޔަހޫދީންގެ ދާރުލްއާސާރެއްގެ ބޭރުގައި ޔަހޫދީން ކުރިއަށް ގެންދިޔަ ހަފްލާއެއްގެތެރެއިންނެވެ.
މި ހަމަލާގައި މަރުވެފައި ވަނީ އިސްރާއީލް އެމްބަސީގައި މަސައްކަތް ކުރާ ޒުވާން އަންހެނަކާ ޒުވާން ފިރިހެނެވެ.
މި ޙާދިސާއާއި ގުޅިގެން އެމެރިކާގެ ފުލުހުން ބުނެފައިވަނީ ލަރޯން ލިޝިންސްކީ، ސާރާ ލީންއަށް ބަޑިން ހަމަލާ ދިން މީހާ އެ ހަމަލާ ދީފައި ވަނީ "ފްރީ ޕަލެސްޓައިން" މިފަދައިން ގޮވަމުން ކަމަށެވެ.
މި ހަމަލާއާއި ގުޅިގެން އެމެރިކާގެ ޗިކާގޯއަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން އޭނާ ހައްޔަރުކޮށްގެން ގެންދަން ފެށުމުން ވެސް އޭނާ ވަނީ ފަލަސްޠީނު މިނިވަން ކުރުމަށް ގޮވާލާ އަޑުއުފުލައިފައެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މި ހަމަލާ ކުށްވެރިކޮށް މަރުވި މީހުންގެ ޢާއިލާއަށް ތަޢުޒިޔާ ކިޔާފައެވެ. މީގެއިތުުރުން އެކި ޤައުމުތަކުގައި ހުރި އިސްރާއީލުގެ އެމްބަސީތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރަން އިރުޝާދު ދީފައިވާ ކަމަށް ވެސް ނަތަންޔާޙޫ ބުނެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާގެ ފަލަސްޠީނުގައި އިސްރާއީލުން ހިންގަމުން އަންނަ ޤަތުލުއާންމު ހުއްޓާލުމަށް ގޮވާލާ ދުނިޔޭގެ ކަންކޮޅުތަކުގައި ބޮޑެތި އެއްވުންތައް އަޑުއުފުލަމުން އަންނަ ކަން ފާހަގަ ކުރެވެއެވެ. އެގޮތުން އެމެރިކާ، އިނގިރޭސިވިލާތް، އަޔަލޭންޑް ފަދަ ޔޫރަޕްގެ ޤައުމުތަކުގައި އެތައް ހާސް ބަޔަކު ބައިވެރިވާ ބޮޑެތި އެއްވުންތައް ކޮންމެ ހަފްތާއަކު ބާއްވަމުން އަންނަ ކަން ފާހަގަކުރެވެއެވެ.
އިތުރަށް

.jpg&w=3840&q=100)



.gif.gif&w=828&q=100)