
2007ގެ ފަހުން އުފަންވި މީހުންނަށް ދުންފަތް މަނާކުރާ ބިލު ފާސްކޮށްފި
ދެހާސް ހަތަކުން ފެށިގެން ދުންފަތުގެ 'ޖެނެރޭޝަން ބޭން'އެއް ކަނޑައެޅުމަށް ކެބިނެޓުން ފާސްކުރި ސިޔާސަތު ތަންފީޒު ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލު ހިމަނައިގެން ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތް މަނާކުރުމަށް ސަރުކާރުން ނިންމައި، ދުންފަތުގެ ގާނޫނު އިސްލާހު ކުރަން ކިނބިދޫ ދާއިރާގެ މެމްބަރު އަލީ އަޝްރަގު އެވެ.
މި ބިލު ދިރާސާކޮށްފައިވަނީ އެކަމަށް ނެގުނު ވަގުތީ ކޮމިޓީއަކުންނެވެ.
ވަގުތީ ކޮމިޓީން މި ބިލަށް މާބޮޑު ބަދަލެއް ގެނެސްފައިނުވާއިރު، ކޮމިޓީ ރިޕޯޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސްކުރެއްވި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުން ވަނީ މި ގާނޫނު ތަންފީޒު ކުރެވޭނެކަމާ މެދު ސުވާލު އުފައްދަވައިފަ އެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ކޮމިޓީގެ ރިޕޯޓު ހުށަހެޅުމުން ތަޅުމުން ވެސް ނިންމީ އިތުރު ބަދަލެއް ނުގެނެސް ކޮމިޓީން ނިންމި ގޮތަށް ފާސް ކުުރުމަށެވެ. އެގޮތުން:
- ބިލު ފާސްވެފައި ވަނީ 63 މެންބަރުންގެ ވޯޓާ އެކު
- ބިލާ އެއްކޮޅަށް ވޯޓު ދިން މެންބަރުންގެ ތެރޭގައި އެމްޑީޕީގެ ބައެއް މެންބަރުން ހިމެނޭ
- ދެކޮޅަށް ދެއްވީ އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް އެކަނި؛ ވަކިކޮޅަކަށް ވޯޓު ނުދެއްވީ އެމްޑިޕީގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މުސާ
ދުންފަތުގެ ބާވަތެއް ގަންނަނީ އެ އުމުރަށް ފެތޭ މީހެއް ނޫން ކަމަށް ބެލެވޭ ނަމަ އެ މީހެއްގެ އައިޑީކާޑު ނުވަތު އެ މީހެއްގެ އުމުރު އަންގައިދޭ ސައްހަ ރަސްމީ ލިޔުމެއް ދެއްކުމުން ނޫނީ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށް ވެސް، އިސްލާހުގައި ވެ އެވެ.
ދުންފަތުގެ ބާވަތްތައް ވިއްކުން މަނާ އުމުރަކަށް ކުރިން އޮތީ 18 އަހަރުން ދަށެވެ. އެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ގެނައި އިސްލާހުގައި ވަނީ އެ އުމުރު 21 އަށް މަތިކޮށްފަ އެވެ. އެއާ އެކު، ރާއްޖެ އަށް ވޭޕް އެތެރެކުރުން ވެސް މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން މަނާކޮށްފައިވެ އެވެ.
މި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިނަމަ، ހަ މަސްދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އަންނަ ނޮވެމްބަރު 1 އިން ފެށިގެން ޖެނެރޭޝަން ބޭންއަށް އަމަލުކުރަން ފަށާނެ އެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ހިތްވަރުގަދަ ނިންމެވުމެއް، ޖެނެރޭޝަނަލް ބޭންއަށް ޢަމަލުކުރަން ފަށައިފި!2025 އޮކްޓޯބަރު 31
ސިނގިރޭޓް ކޮންޓެއިނާ ގެއްލުނު މައްސަލަ: އެމްޕީއެލްގެ ހަ މުވައްޒަފަކު ސަސްޕެންޑްކޮށްފި2025 އޮކްޓޯބަރު 15
ވަގަށް ނެގި ދެ ކޮންޓެއިނަރު ސިނގިރޭޓުގެ މައްސަލައިގައި ލޮޓަސްގެ ވެރިޔާ އާއްޓޭ ،އެޕޯލޯގެ ވެރިޔާ ދިގަލި އާއި އިތުރު ދެމީހަކު ހައްޔަރުކޮށްފި2025 އޮކްޓޯބަރު 15
ޤާނޫނާ ޚިލާފަށް ސިނގިރޭޓް ރާއްޖެ އެތެރެކުރި ބިދޭސީއަކު ހައްޔަރުކޮށްފި!2025 މޭ 25