
ހިތްވަރުގަދަ ނިންމެވުމެއް، ޖެނެރޭޝަނަލް ބޭންއަށް ޢަމަލުކުރަން ފަށައިފި!
ޒައުޖަތު އަޙުމަދުދުންފަތާއި ދުރު ޖީލެއް ބިނާ ކުރުމަށް "ޖެނެރޭޝަނަލް ބޭން" އަށް މިއަދުން ފެށިގެން (1 ނޮވެމްބަރު 2025) އިން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.
ޖެނެރޭޝަނަލް ބޭންއާއި ގުޅިގެން، 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި މި ތާރީޚުގެ ފަހުން އުފަންވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާވާނެއެވެ.
ދިވެހި މުޖުތަމަޢު ދުންފަތާ ދުރުކުރުމަށް، ޚާއްޞަކޮށް ދުންފަތުގެ އިސްތިއުމާލުކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް "ޖެނެރޭޝަން ބޭން" ގެ ގޮތުގައި ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަމަދު މުޢިއްޒު ވިދާޅުވީ މި އަހަރުގެ މާރިޗް 27 ގައި ޓީވީއެމްއިން ގެނެސްދިން ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖެނެރޭޝަނަލް ބޭން ތަންފީޒު ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވީ ޞިއްޙީ ވުޒާރާއިން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު މިއަހަރުގެ އޭޕްރީލް 25 ވަނަ ދުވަހުއެވެ. އެއަށްފަހު، ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް އިޞްލާޙުތަކެއް ހުށަހެޅީ މި އަހަރުގެ އޭޕްރީލް މަހުގެ 29 ގައެވެ.
ޖެނެރޭޝަނަލް ބޭން ގެނައުމަށްޓަކައި ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް ގެނައި އިޞްލާޙުގައި ވާގޮތުން ދުންފަތުގެ ބާވަތްތައް ވިއްކޭނީ ލައިސަންސް އޮވެގެން ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގައި އެކަންޏެވެ. އަދި ދުންފަތުގެ ބާވަތްތައް އުފައްދަން ހާއްސަކޮށްފައިވާ މެޝިނަރީ ރާއްޖެއަށް އެތެރެކުރުންވެސް ވަނީ މަނާކޮށްފައެވެ. އަދި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ގެންގުޅުމާއި ބޭނުންކުރުންވެސް ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން މި އިޞްލާޙުގެ ދަށުން އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްގެ ބާވަތްތައް ގެންގުޅެނިކޮށް ނުވަތަ ބޭނުންކުރަނިކޮށް ފެނިއްޖެނަމަ އެ އަތުލުމުގެ ބާރު ފުލުހުންނަށް ލިބިގެންދާނެއެވެ. އަދި ރާއްޖެއަށް އެތެރެކުރާ އެފަދަ ތަކެތި އަތުލުމުގެ ބާރު ކަސްޓަމްސް އާއި ފުލުހުންނަށް ލިބިގެންދާނެއެވެ.
ދުޅަހެޔޮ ޖީލެއް ބިނާކުރަން ރައީސް މުއިއްޒުގެ ސަރުކާރުން ކުރާ މަސައްކަތުގައި ރާއްޖެއަށް ވޭޕާއި އީ-ސިނގިރޭޓު އެތެރެކުރުންވެސް މިދިޔަ 2024 ވަނަ އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން މަނާކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ދިވެހި ތާރީޚުގައިވެސް މިހާތަނަށް އަޅާ އެންމެ ބޮޑު ފިޔަވަޅަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ހިތްވަރުގަދަކަން ހާމަވާ ކަމެއް ކަމަުގައި ގިނަ ބަޔަކު ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށާއި އެމަނިކުފާނުގެ ސަރުކާރަށް ތަޢުރީފު ކުރަމުން އަންނަކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޖެނެރޭޝަނަލް ބޭން- ކުޑަ ޤައުމަކުން ކުރީ ސަފަށް ނިކުތުމަކީ ލިބިގެންދިޔަ ބޮޑު ފަޚުރެއް: ޑރ. ޝަފީޢު2025 ނޮވެމްބަރު 01
ދުންފަތާ ދެކޮޅަށް ޖެނެރޭޝަން ބޭންއެއް ތަންފީޒުކުރާ ފުރަތަމަ ޤައުމަކަށް ދިވެހިރާއްޖެ!2025 އޮކްޓޯބަރު 31
ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުމަށް ނަގަންޖެހޭ ލައިސަންސް ނެގުމުގެ މުއްދަތު މި މަހުގެ 17 އަށް ހަމަވާނެ!2025 ޖުލައި 02
ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ ކޮންމެ ރައްޔިތަކަށް އިނާޔަތެއް ދޭން ވިސްނަނީ!2025 ޖޫން 24