
ޓެކްސީ ލައިންގައި މާލޭގެ މަގުތަކަށް ހެޔޮވަރު ޓެކްސީ ހުންނާނެ : އަމީން
އެމްޓީސީސީ މެދުވެރިކޮށް ސަރުކާރުން ފަށާ ޓެކްސީ ލައިންގައި މާލޭގެ މަގުތަކަށް ހެޔޮވަރު، އެކި ސައިޒުގެ ޓެކްސީތައް ހިމެނޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް މިނިސްޓަރާ ސުވާލުކުރައްވާފައިވަނީ ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ސަބަބުން ޓެކްސީ ޑްރައިވަރުންނަށް ގެއްލުންނުވާނެގޮތަށްކަމަށް މިނިސްޓަރު ވިދާޅުވެފައިވަނީ ކޮން ސަބަބަކާއި އެކުތޯ އާއި އެހެން ވިދާޅުވީ އެއްވެސް ތަހްލީލެއް ކުރެއްވުމަށްފަހުގައިތޯއެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ މި ޓެކްސީ ލައިންގެ ސަބަބުން މިހާރުވެސް ޓެކްސީކުރަމުންދާ ފަރާތްތަކަށް އެއްވެސް ހުރަހެއް ނާންނާނެ ކަމަށާއި އަމިއްލަ ގޮތުން ޓެކްސީކުރާ ފަރާތްތަކަށް ވެސް ޓެކްސީކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި، އެމްޓީސީސީގެ ޓެކްސީ ލައިން އޮޕަރޭޝަން ބައްޓަންކޮށްފައިވަނީ ދާއިމީ ޑްރައިވަރުންގެ އިތުރުން ފްރީލާންސްކޮށް ވެސް މަސައްކަތްކުރެވޭ ގޮތަށެވެ.
މީގެއިތުރުން މިނިސްޓަރު އަމީން ވިދާޅުވީ ސަރުކާރުން ޓެކްސީ ލައިން ފަށަނީ މާލޭގެ މަގުތަކަށް އެންމެ އެކަށޭނެގޮތަށް ރައްޔިތުންނަށްވެސް ފަސޭހަވާނެގޮތަށްކަމަށެވެ.
"މާލޭގެ މަގުތައް މިހާރު ހުރި ގޮތުން، އަޅުގަނޑުމެން އެބަޖެހޭ އެކި ސައިޒުގެ ވެހިކަލްތައް ބޭނުންކުރަން. އެހެންވީމާ މި ޓެކްސީ ލައިންގައި ހުންނާނީ އެއް ސައިޒެއްގެ ޓެކްސީއެއް ނޫން. ދެތިން ސައިޒެއްގެ ޓެކްސީ ހުންނާނެ،" މިނިސްޓަރު އަމީން ވިދާޅުވިއެވެ.މިނިސްޓަރު އަމީން ފާހަގަކުރެއްވި ގޮތުގައި، މާލޭގެ ކުދި މަގުތަކަށް ވަދެވޭ ވަރުގެ ކުދި ޓެކްސީތަކާއި، އެއަރޕޯޓާއި ހުޅުމާލެއަށް ދަތުރުކުރެވޭ ވަރުގެ ބޮޑެތި ޓެކްސީތައް ވެސް މި ލައިންގައި ހިމެނޭނެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ރާއްޖެ އަންނަ އާގު ބޯޓުފަހަރަށް 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިއާއަށް ވަދެވޭ ގޮތް ހަދައިފި2026 ޖެނުއަރީ 25
ޓެކްސީ ލައިނަށް ޑްރައިވަރުން ނަގަން ބާއްވާ އިންޓަވިއުއަށް ގިނަ ބައެއްގެ ތަރުހީބު!2026 ޖެނުއަރީ 17
ޓެކްސީ ޚިދުމަތަކީ ހަމައެކަނި ވިޔަފާރިއެއް ނޫން، އެއީ އާންމު ޚިދުމަތެއް: ދަތުރުފަތުރާބެހޭ ވުޒާރާ2026 ޖެނުއަރީ 05
ދިވެހީންގެ އެއްވެސް އެއާޕޯޓެއް ހިންގަން ބޭރުގެ ބަޔަކަށް ނުދޭނެ: ވަޒީރު އަމީން2026 ޖެނުއަރީ 02