logologologologo
STO
ޚަބަރު

މީޑިއާ ބިލަކީ ރައްޔިތުންގެ ސޯޝަލް މީޑިއާ ކޮންޓްރޯލްކުރާ ބިލެއް ނޫން

މީޑިއާ ބިލަކީ ރައްޔިތުންގެ ސޯޝަލް މީޑިއާ ކޮންޓްރޯލްކުރާ ބިލެއް ނޫން
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2025 ސެޕްޓެމްބަރު 13

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލަކީ މީޑިއާތަކާއި މީޑިއާތަކުގައި މަސައްކަތް ކުރާ ފަރާތްތައް ރެގިއުލޭޓްކުރުމަށް ކަނޑައަޅާފައިވާ ބިލެއްކަމަށާއި އެއީ ރައްޔިތުންގެ ސޯޝަލް މީޑިއާ ކޮންޓްރޯލްކުރާ ބިލެއް ނޫންކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމްގެ ޕރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލަށް 14 އިސްލާހެއް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅުއްވާފައިވާއިރު، މި ބިލަކީ އާންމުގެ ޚިޔާލު ފާޅުކުރުމަށްވެސް ހުރަސް އަޅާ ބިލެއްކަމަށް ބުނެ ދައްކާ ވާހަކަތަކަށް ބަންޑާރަނައިބު ވަނީ ރައްދު ދެއްވާފައެވެ.

މިބިލަކީ ރައްޔިތުންގެ ސޯޝަލް މީޑިއާ ބޭނުންކުރުމަށް އެއްވެސް ހުރަހެއް އޮތް ބިލެއް ނޫންކަމަށާއި، މިބިލުގައި އޮތްގޮތުން ހުއްޓިގެންދާނީ ނޫސްވެރިންނާއި މީޑީއާތަކުގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް މިހާރު ކުރިއަށްގެންދާ މީހުންގެ އަބުރު ކަތިލުމާއި ހަގީގަތާއި ޚިލާފު ވާހަކަތައް ފެތުރުންކަމަށް އޭޖީ ވިދާޅުވިއެވެ.

އާންމު ރައްޔިތުންކުރާ އެއްވެސް ކަމަކަށް މީގެ ސަބަބުން އަސަރެއް ނުކުރާނެ. އަދި ފިޔަވަޅެއް އެޅޭގޮތަކަށް ނޫން މިބިލު އޮތީ މިއީ މީޑިއާ ރެގިއުލޭޓްކުރާ ބިލޭ. އެކަމަކު އެނޫން ގޮތަކަށް އެކަން ދައްކަންވެސް އެބަ ބައެއް ނޫސްވެރިން މަސައްކަތްކުރޭ" އޭޖީ ވިދާޅުވިއެވެ.

އޭޖީ ވިދާޅުވިގޮތުގައި މި ބިލުގައި ހިމެނޭ ކަންކަން އޮޅުވާލައިގެން ރައްޔިތުންނަށް ފަތުރަމުންދާ މީޙުން ފަތުރަނީ އޮޅުވާލުމަށް ކަމަށާއި އެކަމާއި އެމަނިކުފާނު ހިތާމަ ކުރައްވާ ކަމުގައެވެ.

މީޑިއާތަކުން މީހުންގެ އަބުރު ކަތިލުމަށް ލިޔާ ދޮގު ޚަބަރުތަކުގެ މައްސަލައަށް މިވީ ދިގު ތާރީޚުގައި ޙައްލެއް ލިބިފައި ނެތްކަން ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިބިލާއެކު އެމައްސަލައަށް ޙައްލެއް އަންނާނެކަން އޭޖީ ފާހަގަކުރެއްވިއެވެ.

މީޑިއާތައް ރެގިއުލޭޓްކުރުމުގެ ބިލު ބޭރުކުރުމަށް ބައެއް ނޫސްވެރިން ގޮވަމުންދާއިރު ބިލު ބޭރުކުރަންޖެހޭ ސަބަބެއް އެފަރާތްތަކަށް ނުދެއްކޭކަން ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ.

MALDIVE GASAllied Insurance
އިތުރަށް