logo
logo
ވަގަށް އެތެރެކުރަން އުޅުނު 13 މިލިޔަނަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި!

ވަގަށް އެތެރެކުރަން އުޅުނު 13 މިލިޔަނަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި!

2025 އޭޕްރީލު 27
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ވަގަށް ރާއްޖެއަށް އެތެރެކުރަން އުޅުނު 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނީ ސިނގިރޭޓު ކޭސްތައް އަތުލައިގެންފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާ އެ ސިނގިރޭޓު ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ކޮންޓެއިނަރުތައް ފާސްކުރުމުގެ ތެރޭގައި 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގެ ތެރެއިން 1،360 ކޭސް ސިނގިރޭޓު ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ. އެއީ ޖުމްލަ 13.6 މިލިޔަން ސިނގިރޭޓު ސްޓިކެވެ.

ރޭ ކަސްޓަމްސްއިން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިޔަން ސިނގިރޭޓަށް 122 މިލިޔަން ރުފިޔާ އަރާނެ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ރާއްޖެއަށް ދުންފަތް އެތެރެކުރުމަށާއި ވިއްކުމަށް ޚާއްސަ ހުއްދައެއް ނަގަން ޖެހޭއިރު، އެތެރެކުރާ ސިނގިރޭޓުގައި އޭގެ ނުރައްކާ އަންގައިދޭ ފޮޓޯއާއި ލޭބަލް ޖެހުމަކީ މަޖުބޫރު ކަމެކެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް