
ދިވެހި ޑޮކްޓަރުންގެ ޚިދުމަތް ޤައުމުގެ ކުރިއެރުމަށް ވަރަށް މުހިއްމު: ޞިއްޙީ ވަޒީރު ނާޒިމް
ޒައުޖަތު އަޙުމަދުދިވެހި ޑޮކްޓަރުންގެ ޚިދުމަތް ޤައުމުގެ ކުރިއެރުމަށް ވަރަށް މުހިއްމުކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ދިވެހި ޑޮކްޓަރުންގެ މުނާސަބާގައި ވަޒީރު ނާޒިމް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި
ޑޮކްޓަރުންގެ ދުވަހަކީ ޞިއްހީ ދާއިރާގެ ކުރިއެރުމަށް މާޒީއާއި މިހާރުގެ ޑޮކްޓަރުންކުރައްވާ މަސައްކަތް އަގުވަޒަންކުރުމުގެ ދުވަހެއް ކަމަށެވެ.
އަދި މިހާރު ޒަމާނީ ވަޞީލަތްތަކާއި ޒަމާނީ ކުރިއެރުންތަކާއެކު ޑޮކްޓަރުން ޚިދުމަތްކުރައްވާއިރު، އެއީޤައުމުގެ ކުރިއެރުމަށް މުހިއްމު ޚިދުމަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ ޑޮކްޓަރުންކުރައްވާ ޤައުމީ ބުރަ ޚިދުމަތަށް ޝުކުރު އަދާކުރައްވައިފައެވެ.
ޑޮކްޓަރުންނަށް ދިމާވާ އެކި ދަތިތައް ހައްލުކޮށްދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން ސަރުކާރުން ދަނީ އެސްޓީއޯ ފާމަސީތަކުގެ ސްޓޮކްގައި ހުރި ބޭސްތަކުގެ މަޢުލޫމާތު ވަގުތުން ބެލޭނެގޮތަށް، ޑޮކްޓަރުންނަށް ޚާއްޞަކޮށްގެން އޮންލައިން ޕްލެޓްފޯމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުުންނެވެ.
ކޮންމެ އަހަރަކުވެސް ދިވެހި ޑޮކްޓަރުންގެ ދުވަސް ފާހަގަކުރަނީ އެޕްރީލް މަހުގެ 18ވަނަ ދުވަހުއެވެ. ދިވެހިރާއްޖޭގައި ޑޮކްޓަރުންގެ ދުވަސް ފާހަގަ ކުރަންފެށީ 1964ވަނަ އަހަރުން ފެށިގެންނެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ދުންފަތާ ދެކޮޅަށް ޖެނެރޭޝަން ބޭންއެއް ތަންފީޒުކުރާ ފުރަތަމަ ޤައުމަކަށް ދިވެހިރާއްޖެ!2025 އޮކްޓޯބަރު 31
ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންގެ ދަފުތަރެއް އެކުލަވާލަނީ!2025 ޖުލައި 16
ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ރައްޔިތުންގެ ދުޅަހެޔޮކަން: ރައީސް 2025 އޭޕްރީލު 18