
މަންދީ އާއި ފައްޔާޒް އަދި އެމްޑީޕީގެ މައްޗަށް ދައުވާކޮށްފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޭފުޅަކަށް ނިސްބަތްކޮށް އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓް، މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކައަކާ ގުޅިގެން އޭނާ އަށާއި، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްލާއިލް އަދި އެ ޕާޓީއާ ދެކޮޅަށް ސިވިލް ކޯޓާއި ފެމެލީ ކޯޓުގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ދައުވާ ކުރައްވައިފި އެވެ.
މެޑަމް ސާޖިދާގެ ފަރާތްޕުޅުން އެ މައްސަލައިގައި ދައުވާ އުފުލިކަން ހާމަކޮށް ނެރުނު ނޫސްބަޔާނެއްގައި ބުނީ މަންދީ އާއި ފައްޔާޒްގެ އިތުރުން އެމްޑީޕީގެ މައްޗަށް ދައުވާ އުފުލީ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒުއަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކެއްގެ ސަބަބުން އުމައިރުގެ ނަފުސަށާއި ފުރާނައަށް ނުރައްކާވެދާނެ ހާލަތެއް މެދުވެރިކުރުވައި އުމައިރުގެ ކިޔެވުމާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ފަދަ ހާލަތެއް މެދުވެރުކޮށްފައި ވަތީ ކަމަށެވެ.
އެހެންވެ، މެޑަމް ސާޖިދާގެ ފަރާތްޕުޅުން ސިވިލް ކޯޓަށާއި ފެމެލީ ކޯޓަށް މަންދީ، ފައްޔާޒް އަދި އެމްޑީޕީއާ ދެކޮޅަށް ދައުވާ ކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްގު ނިގުޅައިގެންފައި ވާތީ ކަމަށް ބުނެ އެވެ.
އަދި ފެމެލީ ކޯޓަށް މައްސަލަ ހުށަހެޅީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރާ ބައިނަލްއަގްވާމީ މުއާހަދާއިން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ބުނެ އެވެ.
މި ކޯޓުތަކަށް ހުށަހަޅާފައި ވަނީ މަންދީއާ ދެކޮޅަށް ވަކި މައްސަލައަކާއި ފައްޔާޒް އަދި އެމްޑީޕީއާ ދެކޮޅަށް ވަކި މައްސަލައެކެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް މަޚްލޫފު ޢައްޔަންކުރައްވައިފި2025 ޑިސެމްބަރު 04
ތިމާވެށްޓަށް ގެއްލުންދޭ ކުދި ޕްލާސްޓިކް ފެންފުޅި މަނާކުރުން 2028އަށް ފަސްކޮށްފި2025 ޑިސެމްބަރު 03
ރައީސް މާދަމާ ރޭ މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވަނީ2025 ޑިސެމްބަރު 03
އެޗްއާރުސީއެމްގެ މެމްބަރުކަމަށް ޑރ. ރަމީލާ އައްޔަންކުރައްވައިފި2025 ޑިސެމްބަރު 03