logologologologo
STO
ޚަބަރު

ތުރުކީގައި ފުރަތަމަ ފަހަރަށް ދިވެހި އެމްބަސީއެއް ހުޅުވައިފި

ފޮޓޯ: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2025 އޭޕްރީލު 15

ތުރުކީގައި އަލަށް ގާއިމުކުރެވުނު ދިވެހިރާއްޖޭގެ އެމްބަސީ ރަސްމީކޮށް މިއަދު އިފްތިތާހު ކޮށްފި އެވެ.

ތުރުކީގެ ވެރިރަށް، އަންކާރާގައި އަލަށް ގާއިމްކުރި އެމްބަސީ ހުޅުއްވައިދެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި ތުރުކީގެ މިނިސްޓަ އޮފް ކަލްޗާ އެންޑް ޓޫރިޒަމް މެހްމެތު ނޫރީ އެރްސޮއި އަދި ރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައިވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް ރިޓަޔާޑް އަބްދުއްރަހީމް އަބްދުއްލަތީފް ބައިވެރިވެ ވަޑައިގަތް ދިދަ ނެގުމަށް ރަސްމިއްޔާތަކަށްފަހުގަ އެވެ.

ފޮރެން މިނިސްޓްރީ އިން ބުނީ ތުރުކީގައިރާއްޖޭގެ އެމްބަސީއެއް ގާއިމުވެގެން ދިއުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު ތާރީހީ ކާމިޔާބީއެއް ކަމަށެވެ. ރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒު ކުރުމަށާއި، އެގައުމުގައި ދިރިއުޅޭ ދިވެހިންނަށް ކޮންސިއުލާ ހިދުމަތް ފޯރުކޮށްދިނުމުގައި އެމްބަސީގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އަދި މި އެމްބަސީ ވެގެންދާނީ ދެ ގައުމުގެ ދެމެދުގައި ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ގޮތުން ގުޅުން ހަރުދަނާކުރުމަށް އިތުރު ފުރުސަތުތައް ހޯދުމުގެ ޕްލެޓްފޯމެއްގެ ގޮތުގައި ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.

އެމްބަސީ އިފްތިތާހު ކުރުމުން ތުރުކީގައި ދިރިއުޅޭ އަދި އެކި ބޭނުންތަކުގައި އެ ގައުމަށް ޒިޔާރަތްކުރާ ދިވެހި ރައްޔިތުންނަށް ދިމާވާ އެކި ކަހަލަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމުގެ މަސައްކަތްތައް ފުރިހަމަ ކަމާއެކީ ކުރެވިގެންދާނެކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް