logologologologo
STO
ޚަބަރު

އައްޑޫގައި އިންޑިއާ ކޮންސުލޭޓެއް ހުޅުވަން އުޅޭކަމަށް ބުނެ ފަތުރަނީ ދޮގުވާހަކަތަކެއް: ފޮރިން މިނިސްޓަރީ

އައްޑޫގައި އިންޑިއާ ކޮންސުލޭޓެއް ހުޅުވަން އުޅޭކަމަށް ބުނެ ފަތުރަނީ ދޮގުވާހަކަތަކެއް: ފޮރިން މިނިސްޓަރީ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޯގަސްޓު 19

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓެއް ގާއިމުކުރަން ސަރުކާރުން ނިންމާފައިވާކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ. 

ދިވެހި ހާރިޖިއްޔައިން މިކަމާ ގުޅޭގޮތުން މިއަދު ނެރުނު ބަޔާނުގައި ބުނީ އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސުލޭޓެއް އަދި ރާއްޖޭގެ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓެއް ގާއިމުކުރުމާއި ގުޅޭގޮތުން ބައެއް ނޫސްތަކުގައާއި މީސްމީޑިއާގައި ޝާޢިއުކޮށްފައިވާ ހަބަރުތަކަކީ ސައްހަނޫން ހަބަރުތަކެއްކަމަށެވެ.

ބަޔާނުގައި ބުނީ މާލެ ސިޓީ ނޫން އެހެން ރަށެއްގައި ބޭރު ގައުމުއެއްގެ ކޮންސުލޭޓެއް ގާއިމުކުރުމާމެދު ދިވެހި ސަރުކާރުން އަދި މިހާތަނަށް ވަކި ގޮތެއް ނިންމާފައިނުވާކަމަށެވެ. އަދި މިކަމަކީ ކަމާބެހޭ ހުރިހާ ފަރާތްތަކެއް ހިމެނިގެން ފުޅާދާއިރާއެއްގައި މަޝްވަރާކޮށްގެން ނިންމޭނެ ނިންމުމެއްކަމަށް ސަރުކާރުން ދެކޭކަންވެސް ބަޔާނުގައި ހާމަކޮށްފައިވެއެވެ.

ބަޔާނުގައި ވަނީ ނޫސްތަކުގައާއި މީސްމީޑިއާގައި ތެދު އަދި ޒިންމާދާރު މައުލޫމާތު ޝާއިއުކުރުމަކީ މުޖުތަމައުގެ ހަމަޖެހުމާއި، ރައްޔިތުންގެ ހޭލުންތެރިކަމަށްޓަކައި ކޮންމެހެން ބޭނުންވާ ކަމެއްކަމަށް ފާހަގަކޮށް، ދޮގު ހަބަރު ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ. 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް