މެދުއިރުމަތީގެ ހާލަތުން އިގްތިސާދަށް ކުރާ އަސަރުތައް ގާތުން ބަލަނީ

މެދުއިރުމަތީގެ ހާލަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރުތައް ސަރުކާރުން ފުޅާ ދާއިރާއެއްގައި ބަލަމުުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، މެދުއިރުމަތީގެ ހާލަތަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ދެނެގަތުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ. އެގޮތުން ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެލުގެ ބާވަތްތަކާއި ކާބޯތަކެތީގެ އަގުތަކަށް އައިސްދާނެ ބަދަލުތައް ވަރަށް ރަނގަޅަށް ބަލަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.
މެދުއިރުމަތީގެ ހާލަތުގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތަކަށް އަތުވެދާނޭ ބަދަލުތައް ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ މުއައްސަސާތަކާއެކު ކުރަމުން އަންނައިރު، މިކަމުގެ ތަކުލީފް ދިވެހިންނަށް އުފުލަން ނުޖެހޭނެ ގޮތަކަށް ސަރުކާރުން ކަންކަން އިންތިޒާމް ކުރަމުންގެންދާނޭ ކަމަށްވެސް ވަޒީރުގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފައެވެ.
އިތުރަށް





.gif.gif&w=828&q=100)