މާލޭ ވިޔަފާރި ބަނދަރު ބޭރުގެ ބަޔަކަށް ދޭން އުޅޭ ވާހަަކައަކީ ދޮގެއް: ޒަމީރު

މާލޭ ވިޔަފާރި ބަނދަރު ބޭރުގެ ބަޔަކަށް ދޭން އުޅޭ ކަމަށް ދެކެވޭ ވާހަަކައަކީ ދޮގެއް ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ދިއްދޫގެ އެއާޕޯޓް ތަރައްގީ ކުރުމާއި، ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ހިއްކަން ފެށުަށް އިއްޔެ އެރަށޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޒަމީރު ވިދާޅުވީ، މާލޭގެ ޕޯޓާއި ގުޅޭގޮތުން ދެކެވެމުން ދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ.
ޒަމީރު ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން، އިގްތިސާދަށް މި އައި ބަދަލާއި ގުޅީގެން ދުނިޔޭގެ ވަރަށް ގިނަ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާކަމަށެވެ. އަދި ޕޯޓަށްވެސް އިންވެސްޓް ކުރަން ގިނަ ފަރާތްތަކުން ޝައުގުވެރިކަންވެސް ފާޅުކޮށްފައިވާކަމަށެވެ.
ޒަމީރު އިތުރަށް ވިދާޅުވީ އޭގެ މާނައަކީ ރައްޔިތުންނަށް ދެރެވާނެ ގޮތަކަށް ކަމެއް ކުރެއްވީ ނޫން ކަމަށެވެ. އަދި ލިބޭ ޕްރޮޕޯސަލްތަކާއި، ވަޒީރުންގެ ވާހަކަފުޅުތައް ވަރަށް ބޮޑަށް ރައީސް ބައްލަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެއިރު ހުންނެވި ހަރުދަނާ އިހްލާސްތެރި މަސައްކަތްތަކެއް ކުރެއްވުމުގެ ނިޔަތުގައި ނުކުމެވަޑައިގެން ހުންނެވުމުން، ފާހަގަކުރެވުނީ އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަރަށް ރަނގަޅު އިސްލާހު އައި ކަަމަށެވެ. އަދި އެމަނިކުފާނު އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއަށް އިންވެސްޓް ކުރާ ފަރާތްތަކަށް އިތުބާރު ބޮޑުވި ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.
އިތުރަށް





.gif.gif&w=828&q=100)