logo
logo
ސަރުކާރުގެ ހަރަދުކުޑަކުރުުމުގެ ސިޔާސަތުގެ ނަތީޖާ ފެންނަން ފަށައިފި، ރިކަރަންޓް ހަރަދު %4.5 ދަށްކޮށްފި

ސަރުކާރުގެ ހަރަދުކުޑަކުރުުމުގެ ސިޔާސަތުގެ ނަތީޖާ ފެންނަން ފަށައިފި، ރިކަރަންޓް ހަރަދު %4.5 ދަށްކޮށްފި

2025 މޭ 21
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

މިއަހަރުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ރިކަރަންޓް ހަރަދު މިދިޔަ އަޅައިބަލާއިރު 4.5 އިންސައްތަ ދަށަށް ގޮސް، ޖުމްލަ ހަރަދު މިދިޔަ އަހަރާ އަޅައިބަލާއިރު 20.3 ޕަސެންްޓް ކުޑަކޮށްފި އެވެ. 

ފިނޭންސް މިނިސްޓްރީން ދައުލަތުގެ ބަޖެޓަށް ލިބުނު އާމްދަނީއާއި ހަރަދުކުރި މިންވަރު އަންގައިދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައިވާ ގޮތުން މިމަހުގެ 15 ގެ ނިޔަލަށް ދައުލަތުން ކޮށްފައިވާ ޖުމުލަ ހަރަދު ވަނީ، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 20.3 އިންސައްތައިން ދަށްވެފަ އެވެ. އެގޮތުން، މިމަހުގެ 15 ގެ ނިޔަލަށް 12.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ހަރަދުކޮށްފައިވަނީ 16.2 ބިލިއަން ރުފިޔާ އެވެ.

ތަފްސީލް - ރިކަރަންޓް ހަރަދުގެ ގޮތުގައި ހިމެނެނީ:

  • މުސާރަ އާއި އިނާޔަތްތައް: 4.8 ބިލިއަން ރުފިޔާ؛ މިދިޔަ އަހަރު 4.5 ބިލިއަން ރުފިޔާ (%6.7 އިތުރު އަދަދެއް)
  • އިދާރީ ހިންގުމުގެ ހަރަދު: 7 ބިލިއަން ރުފިޔާ؛ މިދިޔަ އަހަރު 7.8 ބިލިއަން ރުފިޔާ (%10 ދަށް އަދަދެއް)

 

ސަރުކާރުންދޭ އެހީ އާއި އިޝްތިރާކާއި ސަބްސިޑީތަކަށް ކުރި ހޭދަ ވަނީ މިދިޔާ އަހަރާ އަޅާބަލާއިރު %4.9 ދަށްވެފަ އެވެ. އެގޮތުން، ސަބްސިޑީތަކަށް 1.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި އެ ކަމަށް ހޭދަކުރި މިންވަރަށް ވުރެ %23.7 ދަށް އަދަދެކެވެ. އޭގެ ތެރޭގައި:

  • އާސަންދަ ފިޔަވައި އެހެން ސަބްސިޑީތަކަށް ކުރި ހޭދަ ދަށްވި ނަމަވެސް، އާސަންދައަށް މި އަހަރުގެ ތެރޭގައި ހިނގާފައިވާ ހަރަދު، މިދިޔަ އަހަރާ އަޅާބަލާއިރު %24 އިންސައްތަ އިތުރު
  • މިހާތަނަށް 829.4 މިލިއަން ރުފިޔާ އާސަންދައަށް ވަނީ ހޭދަކޮށްފައި

 

ރިކަރަންޓް ހަރަދާ އެކު، ކެޕިޓަލް ހަރަދު ވެސް ވަނީ ދަށްވެފަ އެވެ. އެގޮތުން، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި 3.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މި އަހަރު އަދި ހޭދަކުރީ 1.1 ބިލިއަން ރުފިޔާ އެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް