logo
logo
 ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަން ފެށުމުން ސުއޫދު އިސްތިއުފާދިނުުން ! އިއްތިފާގެއް ؟

ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަން ފެށުމުން ސުއޫދު އިސްތިއުފާދިނުުން ! އިއްތިފާގެއް ؟

2025 މާރިޗު 05
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ހުސްނުއްސުޢޫދު އިސްތިއުފާދެއްވީ އޭނާގެ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަންފެށުމުން ކަން ހާމަވެއްޖެއެވެ.

ސުޕްރީމް ކޯޓުުގެ ފަނޑިޔާރުކަމުން ސުޢޫދު އިސްތިއުފާދެއްވާފައިމިވަނީ، ސުޢޫދު ހިމެނިވަޑައިގަންނަވާހެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ޖިނާއީ ތަޙްޤީޤެއް އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީން ކުރަމުން ގެންދަވަނިކޮށެވެ. އެކަން އޭސީސީން ވަނީ ޖޭއެސްސީއަށްވެސް އަންގަވާފައެވެ.

އިސްތިއުފާގެ ސިޓީ ގާނޫނުގައި ސިޓީ ފޮނުވަން ބުނެފައި އޮތް އިދާރާއަށް ނުފޮނުއްވައި ރައީސަށް ފޮނުއްވުމާއި، ސިޓީގައި ގާނޫނުއަސާސީގައި ނުވެސް ނެތް މާއްދާއަކަށް ހަވާލާދެއްވުން ފަދަ ކަންކަމުން ސުއޫދަކީ ސިޔާސީގޮތުން ވަކި ފިކުރަކަށް ބުރަވެފައިވާ ބޭފުޅެއްކަން ހާމަވާކަމުގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި ފަނޑިޔާރުންގެ އިސްތިއުފާގެ ސިޓީ ފޮނުވަން ޖެހެނީ ޖޭއެސްސީގެ ރައީސަށެވެ. ނަމަވެސް ޖޭއެސްސީއަށް ސިޓީ ފޮނުއްވުމުގެކުރިން ސުއޫދު އިސްތިއުފާގެ ސިޓީ ފޮނުއްވީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެސިޓިގައިވަނީ ކޯޓުތަކުގެ ޤާނޫނަށް ގެނައި އިޞްލާހާއި، އެކޯޓުގެ ބައެއް ފަނޑިޔާރުން ސަސްޕެންޑުކޮށްފައިވާކަން ބަޔާންކުރައްވާފައެވެ.

ފަނޑިޔާރު ސުއޫދުގެ މާޒީއަށް ބަލާލާއިރު ހާމަވާކަމަކީ ފަނޑިޔާރު ސުއޫދަކީ އެމްޑީޕީ އުފެދުނީއްސުރެ އެޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅެއްކަމެވެ. އެކްޓިވިސްޓެއްގެ ގޮތުގައެވެ. މަގުމަތީ ހަރަކާތްތަކުން ފެށިގެން އެ ޕާޓީން ކޯޓުތަކުގައި ހިންގި ހަރަކާތްތަކުގައިވެސް އެންމެ ކުރީ ސަފުގައި އޭނާ އުޅުއްވިއެވެ. 

2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ފަނޑިޔާރުކަމަށް ސުއޫދު އައްޔަންކުރެވުނުއިރު، އެ އަހަރުގެ ކުރީ ކޮޅުގައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ މެންބަރުންގެ ކެމްޕެއިނުގައިވެސް އުޅުއްވިއެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެ އިންތިހާބުގައި ވާދަކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކެމްޕެއިންވެސް ކުރެއްވިއެވެ. 

މީގެ އިތުރުން ރައީސް ސޯލިހު އުފެއްދެވި މަރު ކޮމިޝަނުގެ ވެރިޔަކަށް ހުންނަވައިގެން "ބުންޏޭ ބުންޏޭ"ގެ މައްޗަށް ބިނާކޮށް ކުށެއް ނެތް އެތައް ބައެއްގެ ނަން ހިމަނުއްވައިގެން އެކުލަވައިލެއްވި ރިޕޯޓަކުން އެތައް ދިވެހިންނެއްގެ ދިރިއުޅުން ހަރާބުކޮށްލިކަމަށް ވެސް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް