
ދެ އިންތިޚާބު އެކުގައި ބޭއްވުން- ބަންޑާރަނައިބު ވެސް ސުޢޫދަށް ރައްދުދެއްވައިފި
ޒައުޖަތު އަޙުމަދުދެ އިންތިޚާބު އެކުގައި ބާއްވާ އިޞްލާޙަށް އިސްކަން ދިނީ ފެންނަ ނުފެންނަ ވޯޓު ނެގުން ސީދާ ޤާނޫނު އަސާސީން ލާޒިމުކުރާތީ ކަމަށް ވިދާޅުވެ ދައުލަތުގެ ބަންޑާރަނައިބު އަލްއުސްތާޛު އަޙުމަދު އުޝާމް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދަށް ރައްދުދެއްވައިފިއެވެ.
އުޝާމް ސުޢޫދަށް ރައްދުދެއްވީ ދުސްތޫރީ އެހެން މައްސަލަތައް ބާއްވާފައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުން އެކަނި އަވަސްކުރުމަށް ސަރުކާރުން ގެންގުޅޭ އެޖެންޑާ ސާފުކޮށް ބުނެދޭން ޖެހޭ ކަމަށް ސުޢޫދު ވިދާޅުވުމާއި ގުޅިގެންނެވެ.
އުޝާމް މީސްމީޑިއާގައި މިއަދު ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގައި މައްސަލަތަކެއް އެބަހުރިކަމާއި، އެކަންކަން އިޞްލާޙުކުރަންޖެހޭކަން އެއީ އެންމެންވެސް ޤަބޫލުކުރާ ޙަޤީޤަތެއް ކަމަށެވެ.
އުޝާމް ވިދާޅުވީ އެކަންކަން ހައްލުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ޤާނޫނުއަސާސީއަށް 3 އިޞްލާޙެއް ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އޭގެތެރޭގައި:
1. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުން.
2. ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުން.
3. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު އިތުރުވަމުންދާ މައްސަލައަށް ހައްލެއް ގެނައުން. ހިމެނޭ ކަމަށެވެ.
އުޝާމް ވިދާޅުވީ މި އިޞްލާޙުތަކުގެ ތެރެއިން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށްޓަކައި ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިޞްލާޙުގެ މަސައްކަތް މިވަގުތު ކުރިއަށް މިގެންދަނީ ކީއްވެގެންތޯ ކުރެވޭ ސުވާލުގެ ޖަވާބު ވަރަށް ސާފު ކަމަށެވެ.
"ޤާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ އިޞްލާޙުތަކުގެ ތެރެއިން، މި އިޞްލާޙަކީ، އެއަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސީދާ ޤާނޫނުއަސާސީއިން ލާޒިމްކުރާ އިޞްލާޙެއް. އަދި ޤާނޫނުއަސާސީއަށް ދެން ގެންނަންޖެހޭ އިޞްލާޙުތަކަކީ އެއަށް ޢަމަލުކުރުމަށްޓަކާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ޤާނޫނުއަސާސީ ލާޒިމްކުރާ އިޞްލާޙުތަކެއް ނޫން." އުޝާމްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މީގެއިތުރުން އުޝާމް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބަށްޓަކައި މުޅި ދިވެހިރާއްޖެ ތައްޔާރުވަމުންދާ ވަގުތު، މި ފެންނަ ނުފެންނަ ވޯޓާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލުން އެކުއެކީގައި ބޭއްވުމަކީ، މުޅި ރާއްޖޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހިނގާނެ ޚަރަދުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތްކުރެވޭނެ ކަމެއް ކަމަށާއި މުޅި ރާއްޖޭގައި މިފަދަ ވޯޓެއް ވަކިން ބާއްވާނަމަ އެންމެ ކުޑަމިނުން 80 ވަރަކަށް މިލިއަން ރުފިޔާ ހޭދަވާނެ ކަމަށާއި ކައުންސިލް އިންތިޚާބާއެކު މިވޯޓު ބާއްވާނަމަ އެތައް ގުނައެއް ޚަރަދު ކުޑަވެ، ދައުލަތުގެ ބަޖެޓަށް ލުއިވާނެ ކަމަށެވެ.
ޤާނޫނުއަސާސީއަށް ދެން ގެންނަން ބޭނުންވާ އިޞްލާޙުތައްވެސް މާލަސްތަކެއް ނުވެ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ ކަމަށާއި މިހާރު ހިނގަމުންދަނީ މިކަމުގެ އެންމެ ފަހުގެ މަޝްވަރާތައް ކަމަށް އުޝާމް ވިދާޅުވިއެވެ.
ރާއްޖޭގައި ކޮންމެ 5 އަހަރަކުން ބާއްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްދުވަހެއްގައި ބާއްވަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް، އަންނަ އޭޕްރީލް 4 ގައި އޮންނަ ލޯކަލް ކައުންސިލް އިންތިޚާބާއިއެކުގައި ބޭއްވުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޚިޔާލު ހޯދުމުގެ ވޯޓާ ގުޅޭ ގޮތުން ރައްޔިތުންނަށް އެނގެންޖެހޭ މަޢުލޫމާތު ބަންޑާރަނައިބުގެ އޮފީހުން ހާމަކޮށްފި2026 މާރިޗު 23
އެމްޑީޕީގެ އެދުމުގެމަތިން އެޗްއާރުސީއެމުން އެ ޕާޓީއާ ބައްދަލުކޮށްފި2026 މާރިޗު 23
ޖޭޕީ، އެމްޑީއޭގެ އިތުރުން ޢަދާލަތުން ވެސް ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ތާޢީދުކޮށްފި2026 މާރިޗު 18
ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ބަޙުސްގައި އެމްޑީޕީ ބަލިވެއްޖެ: ޝުޖާޢު 2026 މާރިޗު 15