
އެމްޑީޕީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރ އަކުރަމް، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާޢީދުކުރައްވައިފި
ޒައުޖަތު އަޙުމަދުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކުރަމް ކަމާލުއްދީން، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާޢީދުކުރައްވައިފިއެވެ.
ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއި ދެކޮޅަށް އެމްޑީޕީގެ އިސް ބޭފުޅުން އަދި އާންމު މެމްބަރުން ވަކާލާތު ކުރަމުން ގެންދަނިކޮށް އަކުރަމް މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުގައި ބޮޑެތި ފައިދާތަކެއް އެބަހުރި ކަމަށެވެ.
ފުރަތަމަ ކަމަކަށް އަކުރަމް ވިދާޅުވީ، ވެރިކަމަށް ކުރިމަތިލާ ފަރާތުން ނުވަތަ ވެރިކަމުގައި ހުރެ އިތުރު ދައުރަކަށް ކުރިމަތިލާ ފަރާތުން މަޖިލިސް ހޯދުމަށް ފޯކަސް ކުރާ މިންވަރު ކުޑަވުމުން ނުފޫޒުން އެއްކިބާވެ ރައްޔިތުން ބޭނުންވާ މަޖިލީހެއް ނެގުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ދެވަނަ ކަމަކަށް އަކުރަމް ވިދާޅުވީ މަޖިލިސް މެންބަރު ހޮވުމަށް ވޯޓްދޭ ފަރާތަށް، އެ ވޯޓު ދޭ އިރު ވެރިކަމަށް އާންނާނީ ވޯޓް ދިން ކެނޑިޑޭޓު ނިސްބަތްވާ ޕާޓީކަން އެނގެން ނޯންނާނެތީ، މަޖިލީހަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ތެރެއިން ރައްޔިތު މީހާ ހިތް އެދޭ ފަރާތެއް ހިޔާރުކުރަން ފަސޭހާވާނެ ކަމަށް ބެލެވޭ ކަމަށެވެ.
"ތިންވަނަ ކަމަކީ ، އިންތިހާބުގެ ފްރެޝަރަށް ސަރުކާރުގެ މެއިން ފޯކްސް އަބަދު ބަދަލުކުރަންޖެހޭ ޖެހުން ނިމުމަކަށް އައުން، އޭގެ ސަބަބުން ސަރުކާރަށް އެ ސަރުކާރެއްގެ މައިގަނޑު އަމާޒަށް މަސައްކަތް ކުރާނެ މާހުލެއް ގާއިމްވެގެންދާނެ." އަކުރަމް ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވި ގޮތުގައި ހަތަރުވަނަ ކަމަކީ ، އިންތިހާބު ތައް ދައުރުގެ ގިނަ ދުވަސްތަކެއްގައި ބޭއްވުމުން ދައުލަތުން ނުވަތަ އެއިރެއްގަ އޮންނަ ސަރުކާރަކުން ކުރާ ހޭދަ، އިންތިޚާބު ބާއްވާ ދުވަހުހުގެ އަދަދު މަދުވުމުން ކުޑަވެގެން ދާނެ ކަމަށާއި ފަސްވަނަ ކަމަކީ ، 2 އިންތިޚާބެއް އެއްދުވަހެއްގައި ބޭއްވުމުން ކުޑަވެގެންދަނީ އިންތިޚާބުތައް 2 ދުވަހު ބާއްވާނަމަ އިލެކްޝަނުން ކުރާ ހޭދަ އެކަނި ނޫންކަމަށާއި އޭގެ ބަދަލުގައި އިންތިޚާބު ކާމިޔާބުކުރުމަށް ސަރުކާރުތަކުން ވަޒީފާ އިތުރުކުރާ ނިސްބަތް މަދުވެ، ޕާޓީތަކުން ކުރާ ހޭދަވެސް ކުޑަވެގެންދާނެ ކަމަށެވެ.
ހަވަނަ ކަމަކަށް އޭނާ ފާހަގަ ކުރެއްވީ، އެންމެ މުހިންމު އިންތިޚާބު ބާއްވާ ދުވަހު ރައްޔިތުންގެ މަޖިލިސް އިންތިޚާބު ވެސް ބޭއްވުމުން ވޯޓުލާ މީހުންގެ އަދަދު އެތައް ގުނައަކުން އިތުރުވާނެއެވެ.
"އެހެންކަމުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދު ކުރެވޭ." އަކުރަމް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް އެމްޑީޕީން ދެކޮޅު ހެދި ނަމަވެސް، ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ފެންނަ ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އިތުރުން ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި ޢަދާލަތު ޕާޓީން ވެސް ނިންމައިފައިވާކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ނަޝީދު އަނެއްކާވެސް އެމްޑީޕީގެ އެތެރެ "ފަނިކޮށްލީތަ" ؟ 2026 އޭޕްރީލު 08
ޚިޔާލު ހޯދުމުގެ ވޯޓާ ގުޅޭ ގޮތުން ރައްޔިތުންނަށް އެނގެންޖެހޭ މަޢުލޫމާތު ބަންޑާރަނައިބުގެ އޮފީހުން ހާމަކޮށްފި2026 މާރިޗު 23
އެމްޑީޕީގެ އެދުމުގެމަތިން އެޗްއާރުސީއެމުން އެ ޕާޓީއާ ބައްދަލުކޮށްފި2026 މާރިޗު 23
އެމްޑީޕީގައި އިސްކޮށް ތިބީ "ދަލުބޭރުން" ޖެހިގެން އައި ބައެެއް: ސަަރަނގު އާދަމް މަނިކު2026 މާރިޗު 22