
ޖޭއެސްސީއަށް ހުށަހަޅަންޖެހޭ ސިޓީ ސުއޫދު ހުށަހެޅުއްވީ ރައީސްއަށާ މީޑިއާތަކަށް!
ޒައުޖަތު އަޙުމަދުފަނޑިޔާރުންގެ އިސްތިޢުފާގެ ސިޓީ ޖޭއެސްސީއަށް ހުށަހަޅަންޖެހޭއިރު، ސުޕްރީމްކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އެމަނިކުފާނުގެ އިސްތިޢުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށާއި މީޑިއާތަކަށް ހުށަހެޅުމުން ގިނަ ބައެއްގެ ފާޑުކިޔުން ސުއޫދަށް އަމާޒުވެއްޖެއެވެ.
ފަނޑިޔާރު ސުއޫދު އެމަނިކުފާނުގެ އިސްތިޢުފާގެ ސިޓީ މިއަދު ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހެޅުއްވުމަށްފަހު އެ ސިޓީ މީޑިއާތަކަކަށް ފޮނުވާފައިވާއިރު އެއީ ޤާނޫނުގައި ފަނޑިޔާރުން އިސްތިއުފާދެއްވަން އޮތް އިޖުރާއާތާ ޚިލާފު އަމަލެކެވެ. އަދި އެ ސިޓީގައި ސުއޫދު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ގިނަ ތުޙުމަތުތަކެއް ވެސް ކުރައްވައިފައެވެ.
ފަނޑިޔާރުންގެ ޤާނޫނުގައި ފަނޑިޔާރުން މަޤާމުން އިސްތިއުފާދެއްވާއިރު އަމަލުކުރަންޖެހޭ ގޮތާއި، ފަނޑިޔާރުންގެ މަޤާމު ހުސްވަނެ ގޮތާއި، އިސްތިއުފާ ހުށަހަޅަންޖެހޭ އިދާރާ ފަދަ ހުރިހާ އުސޫލުތަކެއް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ.
ފަނޑިޔާރުންގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ފަނޑިޔާރަކު އޭނާގެ މަޤާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެ ހިނދެއްގައި އޭނާ އެ މަޤާމުން އިސްތިއުފާދޭކަން އަންގަައި އިސްތިއުފާ ދޭން ބޭނުންވާ ތާރީޚާާއެކު ލިޔުމަކުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހެޅުމުން އެ ލިޔުމުގައި ކަނޑައަޅާފައިވާ ތާރީޚުން ފެށިގެން އޭނާ މަޤާމުން ވަކިވާނެ ކަމަށެވެ.
އަދި އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ ފަނޑިޔާރަކު މަގާމުން އިސްތިއުފާ ދިނުމަކުން ފަނޑިޔާރަކަށް ލިބެންޖެހޭ ޕެންޝަން ނުވަތަ އެނޫންވެސް އިނާޔަތަކުން މަހުރޫމެއް ނުކުރެވޭނެ ކަމުގައެވެ.
ފަނޑިޔާރުންގެ ޤާނޫނުގައި ފަނޑިޔާރުން އިސްތިޢުފާދިނުމާ ބެހޭ ގޮތުން އެއްވެސް މާއްދާއެއްގައި ފަނޑިޔާރުންގެ އިސްތިޢުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާ ވާހަކައެއް ނޯވެއެވެ. ނަމަވެސް ފަނޑިޔާރު ސުއޫދު އިސްތިއުފާދެއްވުމަށް ސިޓީ ފޮނުއްވީ ރައީސަށެވެ.
ސުއޫދު މިފަދައިން ޢަމަލުކުރެއްވުމުން ބައެއްފަރާތްތަކުން ފާހަގަކުރާގޮތުގައި އިސްތިއުފާގެ ސިޓީ ޤާނޫނުގައި ސިޓީ ފޮނުވަން ބުނެފައި އޮތް އިދާރާއަށް ނުފޮނުއްވައި ރައީސަށް ފޮނުއްވުމާއި، ސިޓީގައި ޤާނޫނުއަސާސީގައި ނުވެސް ނެތް މާއްދާއަކަށް ހަވާލާދެއްވުން ފަދަ ކަންކަމުން، ފަނޑިޔާރު ސުއޫދަކީ އަދިވެސް އެކްޓިވިސްޓެއް ކަން ހާމަވެއެވެ.
ރައީސް އިބުރާހީމް މުޙައްމަދު ޞާލިޙް އުފެއްދެވި މަރު ކޮމިޝަނުގައި ވެސް ހިމެނުނު ސުއޫދު، 2019 ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރެއްވުމުގެ ކުރިން އެމްޑީޕީ ކެމްޕޭން ޙަރަކާތްތަކުގައި ބައިވެރިވާ ފޮޓޯތައް ވެސް މީސްމީޑިއާގައި ދައުރުކޮށްފައިވެއެވެ. އަދި ސުއޫދު ވަނީ 2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް އިބުރާހީމް މުޙައްމަދު ޞާލިޙްގެ ކެމްޕޭނުގައި ވެސް ޙަރަކާތްތެރިވެފައި ކަމަށްބުނެ ގިނަ ބަޔަކު ފާޑުކިޔާފައިވެއެވެ.
ސުއޫދު މިއަދު އިސްތިޢުފާ ދެއްވާފައިވާއިރު، އެމަނިކުފާނު ހިމެނޭހެން ސުޕްރީމްކޯޓުގެ 3 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީއިން ބަލަމުން އަންނަކަން ފާހަގަކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް އަލްއުސްތާޛު ޢަބްދުލްޣަނީ އައްޔަންކުރައްވައިފި!2025 އޯގަސްޓު 06
މިއަދަކީ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި މުއުތަސިމް އަދުނާންގެ ފަހު ދުވަސް، ސުޕްރީމް ކޯޓު ހިންގުން ފަނޑިޔާރު ހަމީދަށް2025 ޖުލައި 20
ޝަރީއަތް ނިމެންދެން ޝަމްޢާނު ބަންދުކުރުމަށް ނެރުނު އަމުރު ބާޠިލް ނުކުރެވޭނެ: ސުޕްރީމް ކޯޓު 2025 ޖޫން 18
ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް 12 ބޭފުޅަކު ކުރިމަތި ލައްވައިފި!2025 މޭ 22