ވިއްސާރައާ ގުޅިގެން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަަަސައްކަތް ސަރުކާރުން ދަނީ ކުރަމުން: ހީނާ

ވިއްސާރައާ ގުޅިގެން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަަަސައްކަތް ސަރުކާރުން ދަނީ ކުރަމުން ކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައާއި ގުޅިގެން ހީނާ މިރޭ އެކްސްގައި ކުރެއްވި ޕޮސޓެއްގައި ވިދާޅުވީ ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާގުޅިގެން ކަމާބެހޭ މުއައްސަސާތައް ގުޅިގެން ފެންހިންދުމުގެ މަސައްކަތާއި ވެލި ބަސްތާތައް ޖެހުމުގެ މަަަސައްކަތްދަނީ ކުރަމުން ކަމަށެވެ.
ހީނާ ވިދާޅުވީ ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށާއި ރައްޔިތުންގެ ޙާލު ގާތުން ބަލާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަަަސައްކަތް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތައް ގުޅިގެން ޚާއްޞަ ސަމާލުކަމަކާއެކު ކުރިއަށް ގެންދަވަމުން އަންނަ ކަމަށެވެ.
މާލެ ސަރަހައްދަށް މިރޭ މެދުނުކެނޑި ބޯކޮށް ވާރޭވެހެމުން ދާތީ މަގުތަކުގައި ފެންބޮޑުވެ އެމްއެންޑީއެފުން ފެންހިންދުމުގައާއި، ވެލި ބަސްތާ ޖެހުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
މިދުވަސްވަރު ރާއްޖެއަށް ވިއްސާރަ ކުރަމުން އަންނައިރު، މޫސުމާބެހޭ ޤައުމީ އިދާރާ، މެޓްއޮފީހުން މިވަގުތު ވަނީ މާލެ ހިމެނޭހެން މެދުރާއްޖެ ތެރޭގެ ބޮޑު ސަރަހައްދަކަށް އޮރެންޖު އިންޒާރު ނެރެފައެވެ.
އޮރެންޖް އިންޒާރު ނެރެފައިވަނީ މިރޭގެ 9:45 އިން ފެށިގެން މެންދަމު 12:00 އަށް، ބ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ.
މެޓް އޮފީހުން ބުނީ މި ވަގުތު ތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އިތުރަށް





.gif.gif&w=828&q=100)
