
މާލޭގެ މަގުތައް އާންމު ޙާލަތަށް ގެނެސް ފެންހިންދުމުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލައިފި!
ޒައުޖަތު އަޙުމަދުމާލޭގެ މަގުތައް އާންމު ޙާލަތަށް ގެނެސް ފެންހިންދުމުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފުން ބުނީ މާލޭ ސިޓީގެ ފެންބޮޑުވެފައިވާ ސަރަހައްދުތައް އާންމު ޙާލަތަށް ގެނެވިފައިވާތީ، ފެން ހިންދުމުގެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.
އަދި މި އޮޕަރޭޝަންގައި 16،911 ޓަނުގެ ފެން، ހިންދާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން ކުރިއަށްގެންދާ އޮޕަރޭޝަންގައި މާލޭގެ 131 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީ، 976 ވެލި ބަސްތާ ޖަހާފައިވާކަމަށް އެ އިދާރާއިން ބުނެއެވެ.
ސިފައިންނާއި ފުލުހުން އަދި ސިޓީތަކާބެހޭ ވުޒާރާއާ މާލޭސިޓީ ކައުންސިލާ ކަމާ ގުޅުންހުރި ސަރުކާރުގެ އިދާރާތައް ގުޅިގެން މަސައްކަތް ކުރަމުން ދިޔައިރު، ފެން ހިންދުމަށް މާލޭގެ 5 ސަރަހައްދެއްގައި 13 ޕަންޕު ބަހައްޓައިގެން މަސައްކަތް ކުރިކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ވިއްސާރައިގައި މާލޭގެ ބައެއް ގެތަކަށް ފެންވަދެ ނަޖިސް ބޭރުވުމުގެ މައްސަލަތައް ކުރިމަތިވެ 40 މީހަކަށް ސަރުކާރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ވަނީ ބުނެފައެވެ.
މާލޭގެ އިތުރުން ކ.ހުރާ، ކ.ގުރައިދޫ، ކ.ހިންމަފުށި، ކ.ތުލުސްދޫ ކ.މާފުށި، އދ.މާމިގިލީގައި ފެން ހިންދުމުގައި ސިފައިން ދަނީ ހަރަކާތްތެރި ވަމުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައި ވާތީ މިއަދު، 2 މާރިޗް 2025ވާ އާދީއްތާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވައިފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ލ. ގަން ތުނޑި އިންޖީނުގޭގައި ރޯވި އަލިފާން ނިއްވާލައިފި2025 ޑިސެމްބަރު 03
ފުރަތަމަ ރަސްމީ ދަތުރުގައި ކޯސްޓްގާޑު ޝިޕް ހުރަވީ ސްރީލަންކާއަށް ހިނގައްޖެ2025 ޑިސެމްބަރު 01
ޑްރޯންގެ އެހީގައި އަތުލައިގަތް ބޯޓުގައި 300 ކިލޯގެ މަސްތުވާތަކެތި!2025 ނޮވެމްބަރު 08
ދޯންޏެއްގެ އިތުރުން ތެޔޮބޯޓެއް ފަރަށް އަރައިގެން އެމްއެންޑީއެފުން ޙަރަކާތްތެރިވާން ފަށައިފި2025 ނޮވެމްބަރު 08