
މީހެއްގެ ބޮލުގައި މަރުތޭލައަކުން ޖަހާފައި ފިލަން މެލޭޝިއާއަށް ދިޔަ މީހަކު ރާއްޖެ ގެނެސް ހައްޔަރުކޮށްފި!
ޒައުޖަތު އަޙުމަދުމީހެއްގެ ބޮލުގައި މަރުތޭލައަކުން ޖަހާފައި ފިލަން މެލޭޝިއާއަށް ދިޔަ މީހަކު ރާއްޖެ ގެނެސް ހައްޔަރުކޮށްފިއެވެ.
މަރުތޭލައަކުން މީހަކަށް ހަމަލާ ދީފައި ވަނީ އެ މީހާ، މި މަހުގެ 4 ވަނަ ދުވަހު އައިޖީއެމްއެޗް ކައިރީ ކަނބާއައިޝާ ރަނި ހިނގުމުގައި ހުއްޓައި ސައިކަލެއްގައި އައި ދެ މީހެކެވެ. އަދި މަރުތޭލައިން ޖެހުމުން އެ މީހާއަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ.
މި މައްސަލާގައި ހައްޔަރުކުރީ، ފުވައްމުލަކު ދިގުވާޑު ބަނަފްސާގެ ޙުސައިން އަރީޝް، 31 އެވެ. އޭނާއަކީ މާލޭގައި މިހާރު ހިނގަމުންދާ މާރާމާރިތަކުގެ ތުޙުމަތު ކުރެވޭ އަދި ނުރައްކާތެރި ކުށްތަކަށް އަރައިގަތުމުގައި ބައިވެރިވާ ކަމަށް ތުޙުމަތު ކުރެވޭ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނަގާފައިވަނިކޮށް، މެލޭޝިޔާއަށް ފުރައިގެން ދިއުމުން ކަމަށާ މެލޭޝިޔާއަށް އޭނާ ވަނުން ހުއްޓުވައި، އެހެން ފްލައިޓެއްގައި ރާއްޖެ ގެނައުމަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ޙުސައިން އަރީޝްގެ 26 ކުށުގެ ރެކޯޑް އޮތް ކަމަށް ވެސް ފުލުހުން މިއަދު ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރައްވަމުންނެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ކޯޓު އަމުރެއްގެދަށުން ސަނީ އުމަރު ހައްޔަރުކޮށްފި2025 ޑިސެމްބަރު 02
ހުޅުމާލޭގެ އެކި ތަންތަނުގައި ޤަވާޢިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީ2025 ޑިސެމްބަރު 02
ހިޔާ ފްލެޓެއްގައި ހަށިވިއްކި ބަޔަކު ހައްޔަރު ކޮއްފި2025 ޑިސެމްބަރު 01
ސީޕީ ނަވީން ހިމެނޭގޮތަށް ފުލުހުންގެ އިސް ވެރިންތަކެއް ސަސްޕެންޑް ކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި!2025 ނޮވެމްބަރު 26