logologologologo
STO
ޚަބަރު

އަނިޔާވެރިކަން ނައްތާލެވޭނީ އެންމެން ގުޅިގެން ކެރުމާއެކު މަސައްކަތް ކޮށްގެން: ފަސްޓްލޭޑީ

އަނިޔާވެރިކަން ނައްތާލެވޭނީ އެންމެން ގުޅިގެން ކެރުމާއެކު މަސައްކަތް ކޮށްގެން: ފަސްޓްލޭޑީ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ނޮވެމްބަރު 25

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާތައް މުޖުތަމަޢުން އެއްކޮށް ފުހެލެވޭނީ، އެފަދަ އެއްވެސް ޢަމަލަކަށް ކުޑަވެސް ޖާގައެއް ނުދީ، އެންމެހައި ފަރާތްތައް ގުޅިގެން ކެރުމާއެކު ދޫނުދީ މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަހާ ގުޅުވައިގެން، ޖިންސީ ތަފާތުކުރުންތަކާއި އަނިޔާއާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރިއަށްގެންދާ "16 ދުވަހުގެ ކެމްޕޭން" ފެށުމުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ މެސެޖެއްގައެވެ.

ފަސްޓްލޭޑީގެ މެސެޖުގައި، ކޮންމެ އަންހެނަކަށާއި އަންހެން ކުއްޖަކަށްވެސް ބިރުވެރިކަމާއި، އިހާނެތިކަމުގެ އިތުރުން އެންމެހައި ތަފާތުކުރުންތަކުން ސަލާމަތްވެފައިވާ ރައްކާތެރި މާޙައުލެއް ކަށަވަރުކޮށްދިނުމަކީ ޤައުމީ ޒިންމާއެއްކަން ފާހަގަކުރެއްވިއެވެ. އަދި މި މަތިވެރި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި އެންމެން އެކުއެކީގައި އެއް އަމާޒަކަށް މަސައްކަތްކުރުމަށް އެކަމަނާ ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން، އަނިޔާ ލިބޭ ފަރާތްތަކުގެ ޙައްޤުތަކަށް އިސްކަންދީގެން އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އިންސާފު ޤާއިމުކުރުމުގެ އިތުރުން، ކުށްކުރާ ފަރާތްތަކާއި ކަމާބެހޭ އިދާރާތައް ޒިންމާދާރުކުރުވުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކަށް މެޑަމް ސާޖިދާ އިލްތިމާސްކުރެއްވިއެވެ.

ހަމައެއާއެކު، އަނިޔާގެ ޢަމަލުތަކަކީ މުޖުތަމަޢުގައި އާދައިގެ ކަންކަމުގެ ގޮތުގައި ބެލެވޭ ބެލެވުން ނިމުމަކަށް ގެންނަންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި އިންސާފު ޤާއިމުކުރުމުގެ މަރުޙަލާގައި، އަނިޔާ ލިބިފައިވާ ފަރާތްތަކުގެ އަޑު އެއްވެސް ޝައްކަކާ ނުލައި އަހައި، އެ ފަރާތްތަކަށް ބޭނުންވާ އެންމެހައި އަޅާލުމާއި އެއްބާރުލުން ކަށަވަރުކޮށްދިނުމުގެ މުހިންމުކަންވެސް ފަސްޓްލޭޑީގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

އަންހެނުންނާއި އަންހެން ކުދިންނަކީ މުޖުތަމަޢުގެ ހަމަހަމަ ޙިއްޞާދާރުންގެ ގޮތުގައި ބާރުވެރިކުރުވައި، އެކަނބަލުންނަށް އުފާވެރި އަދި ކަރާމާތްތެރި ދިރިއުޅުމެއް ކަށަވަރުވެފައިވާ އަމާން މުޖުތަމަޢެއް ބިނާކުރުމަށް، އެންމެހައި ފަރުދުން އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަށް ފަސްޓްލޭޑީ ވަނީ ބާރުއަޅުއްވާފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް