logologologologo
STO
ޚަބަރު

ނަފްސާނީ ފަރުވާ ހޯދުމަކީ ހިތްވަރުގަދަކަމެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ: މެޑަމް ސާޖިދާ

ނަފްސާނީ ފަރުވާ ހޯދުމަކީ ހިތްވަރުގަދަކަމެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ: މެޑަމް ސާޖިދާ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ނޮވެމްބަރު 01

ނަފްސާނީ ފަރުވާ ހޯދުމަކީ ހިތްވަރުގަދަކަމެއްގެ ގޮތުގައި ބަލައިގަންނަ މުޖުތަމަޢެއް ބިނާކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ސާކް ސައިކޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ބޭސްފަރުވާއާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެއީ އިންސާނާގެ ކަރާމާތާއި، އިންސާނީ ގުޅުންތަކާއި އަދި ކުރިމަގުގެ އުއްމީދުތަކާ ބަދަހިވެފައިވާ ކަމެކެވެ.

ޑިޕްރެޝަނާއި އެންޒައިޓީ ފަދަ ނަފްސާނީ ގޮންޖެހުންތަކުން އަރައިގަތުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މުޖުތަމަޢު ދެކޭ މާޔޫސީ ނަޒަރިއްޔާތުކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ އެފަދަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި އަޅާލުން ލޯތްބާއެކު ދޭންޖެހޭ ކަމަށެވެ. ޚާއްޞަކޮށް، މަންމައެއްގެ ހައިސިއްޔަތުން ކުޑަކުދިންނާއި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމާމެދު ކަންބޮޑުވުން ހުރިކަން ހާމަކުރައްވަމުން، ތަޢުލީމީ ޕްރެޝަރާއި ސޯޝަލް މީޑިއާގެ ނުފޫޒުތަކުން ކުދިން ރައްކާތެރިކޮށް، ދުޅަހެޔޮ މުސްތަޤުބަލެއް ބިނާކުރެވޭނީ ނަފްސާނީ ގޮތުން ދުޅަހެޔޮ ދަރިންތަކެއް އުފައްދައިގެން ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ ޤައުމީ ޞިއްޙީ އެޖެންޑާގައި ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ އިސްކަމެއް ދީފައިވާކަން ފާހަގަކުރައްވަމުން، 2029 ވަނަ އަހަރާ ހަމައަށް އެކުލަވާލާފައިވާ މެންޓަލް ހެލްތު ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ގައުމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ރާއްޖޭގެ ޖަޒީރާ ރަށްތަކަށް ސިއްހީ ފަރުވާ ފސޭހައިން ފޯރުކޮށްދިނުމުގެ މުހިންމުކަމާއި، ދެކުނު އޭޝިއާގެ ގައުމުތަކުގެ ތަޖުރިބާކާރުން ގުޅިގެން މި ދާއިރާ އިތުރަށް ތަރައްގީކުރުމަށް ކުރާ މަސައްކަތްތަކަށް އެކަމަނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް