logologologologo
STO
ޚަބަރު

ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސްގެ މަތީ ފަންތީގެ ބައްދަލުވުމުގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގެންފި

ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސްގެ މަތީ ފަންތީގެ ބައްދަލުވުމުގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގެންފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ނޮވެމްބަރު 11

ކޮޕް 31ގެ ހަވާސާގައި ބޭއްވި ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސްގެ މަތީ ފަންތީގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ކުނި މެނޭޖްކުރުމުގައި ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށާއި، ތިމާވެށީގެ ދެމެހެއްޓެނިވިކަން ކުރިއެރުވުމަށްޓަކައި ބައިނަލްއަޤްވާމީ އެއްބާރުލުމާއި ގުޅުންތައް އިތުރަށް ހަރުދަނާކުރުމުގެ މައްޗަށެވެ.

މި ބައްދަލުވުމަކީ ތުރުކީވިލާތުގެ ރައީސްގެ އަނބިކަނބަލުން އެމީނޭ އުރުދުޣާން އިސްނަންގަވައިގެން، ދުނިޔޭގެ ޤައުމުތަކުގެ ވެރިންގެ އަނބިކަނބަލުންނާއި ފިރިކަލުންނަށް ޚާއްޞަކޮށްގެން ބޭއްވި ވަށްމޭޒު ބައްދަލުވުމެކެވެ.

ބައްދަލުވުން އިންތިޒާމުކުރެއްވީ ތުރުކީވިލާތުގެ ފަސްޓް ލޭޑީ އެމީނޭ އުރުދުޣާންއެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ފަސްޓްލޭޑީންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން ބަންގްލަދޭޝްގެ ބޮޑުވަޒީރު ޠާރިޤު ރަޙްމާންގެ އަނބިކަނބަލުން ޑރ. ޒުބައިދާ ރަޙްމާން ފާހަގަ ކުރެވެއެވެ.

މީގެއިތުރުން ދުނިޔޭގެ 30 އަށްވުރެ ގިނަ ޤައުމުގެ ވެރިންގެ އަނބިކަނބަލުންނާއި ފިރިކަލުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސްގެ މަސައްކަތްތަކުގައި އދ. ގެ އިދާރާތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި، އަމިއްލަ ކުންފުނިތަކުގެ އިތުރުން މަދަނީ ޖަމްޢިއްޔާތަކުންވެސް ބައިވެރިވެއެވެ.

 

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް