ރައީސުލްޖުމްހޫރިއްޔާ، ފަލަސްޠީނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފަލަސްޠީނުގެ ބޮޑުވަޒީރު ޑރ. މުޙައްމަދު މުސްޠަފާއާ ބައްދަލުކުރައްވައިފިއެވެ.
ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ކޮޕް31 ސަމިޓުގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ފަލަސްޠީނުގެ ބޮޑުވަޒީރު ޑރ. މުޙައްމަދު މުސްޠަފާއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެ އޮތް ސާބިތު، އެއްވެސް ޝަރުތެއް ނެތް ފުރިހަމަ އެއްބައިވަންތަކަން ހާމަކުރައްވާފައެވެ.
ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަންކަމާއި، ކަރާމާތާއި، އަދުލުއިންސާފުގެ އިތުރުން އަމިއްލަ މުސްތަޤުބަލު ކަނޑައެޅުމުގެ ޙައްޤު ހޯދުމަށް ކުރަމުންދާ ޙައްޤު ޖިހާދަށް ދިވެހިރާއްޖެއިން އަބަދުވެސް ފުރިހަމައަށް ތާއީދުކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
އަދި މި އެއްބައިވަންތަކަމަކީ އަދުލުއިންސާފާއި އިންސާނިއްޔަތަށް ދިވެހިން ކުރާ އިހުތިރާމާއި ޤައުމީ އަޤީދާ ދައްކުވައިދޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށުގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން، މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް އުފެއްދުމުގެ ހައްގު ހިމެނޭހެން، ފަލަސްޠީނު ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެ އަބަދުވެސް ސާބިތުވެ އޮންނާނެކަން ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކުރެއްވިއެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އަދުލުއިންސާފާއި މިނިވަންކަން ލިބި، ދާއިމީ ޞުލްޙަ ގާއިމުވަންދެން ދިވެހިރާއްޖެ އަބަދުވެސް ފަލަސްޠީނާއެކު ދެމިއޮންނާނެ ކަމަށާއި، ފަލަސްޠީނުގެ ރައްޔިތުން ދުވަހަކުވެސް އެކަނިވެރިވިޔަ ނުދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
އިތުރަށް





.gif.gif&w=828&q=100)