އިސްލާމްވަންތަކަމާއި ދިވެހިވަންތަކަމުގެ ރޫޙަކީ އިޙުތިރާމް ކުރުމާއި، އެކަކު އަނެކަކަށް ޤަދަރުކުރުން: ރައީސް

އިސްލާމްވަންތަކަމާއި ދިވެހިވަންތަކަމުގެ ރޫޙަކީ އިޙުތިރާމް ކުރުމާއި، އެކަކު އަނެކަކަށް ޤަދަރުކުރުންކަމަށާއި އެކަން އަބަދުވެސް ހަނދާން ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާޙްކުރުމަށް ބޭއްވި ޚާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ، ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރާ އެކަކު އަނެނަކުގެ ލެޔާއި، މުދަލާ ޢަބުރު ރައްކާތެރިކުރާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭ ކަމަށެވެ. އަޅުގަނޑުމެންގެ އިސްލާމްވަންތަކާއި ދިވެހިވަންތަކަމުގެ ރޫޙަކީ، އިޙްތިރާމް ކުރުމާއި އެކަކު އަނެކަކަށް ޤަދަރުކުރުންކަން އަބަދުވެސް ހަނދާން ކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
އެކަކު އަނެކަކުގެ ކަރާމާތާއި ޤަދަރަށް ކުޑަވެސް އުނިކަމެއް އަންނާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ސަމާލުވާން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި މީހުންނަށް އިހާނެތިކޮށް ހިތުމާއި، މަލާމާތް ކުރުމާއި، ނުރުހޭ ވަނަންތައް ކިޔުމާއި، ދަށްކޮށްލުން ފަދަ ކަންކަމުން ދުރުވާން ޖެހޭކަމަށްވެސް ވިދާޅުވިއެވެ. ރައީސް ވަނީ، ޣީބަބުނުމާ އާޑަފުރައްސާރަ ކުރުމުގެ ނުބައި ޢަމަލާ ކައިރިނުވުމަށް ޢަޒުމް ކަނޑައެޅުމަށް ގޮވާލައްވާފައެވެ.
"އަޅުގަނޑުމެންގެ އުޅުންތަކާ ގުޅުންތައް މިގޮތުގައި ބެހެއްޓިއްޖެނަމަ، ސައްތައިންސައްތަ މި އިސްލާމީ ޤައުމަކީ، މާތް ﷲ ލޯބިވެވޮޑިގެންވާ އެންމެ ތަހުޒީބީ ސިފަތަކުން ޖަރީވެފައިވާ ތަހުޒީބު މުޖުތަމަޢުއަކަށް ވެގެންދާނެ. އެކަކު އަނެކަކަށް ފުރައްސާރަކުރުމާއި، ޣީބަބުނުމާ ދޮގު ހެދުމުގެ ނުބައި ސިފަތަކުން އަޅުގަނޑުމެންގެ މުޖުތަމަޢު ޠާހިރުކޮށްފިނަމަ އަޅުގަނޑުމެންނަކީ އެކަކު އަނެކަކަށް އިޙުތިރާމް އަދާކުރުމުގެ ލާމަސީލު މިސާލަކަށް އިންޝާﷲ ވެގެންދާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އިޙްތިރާމު ކުރުމުގެ މައުޟޫޢަކީ، އަޅުގަނޑުމެންގެ މުޅި ޙަޔާތާ ގުޅިފައިވާ މައުޟޫޢެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ އޮފީސްތަކާއި މަދަރުސާތަކާއި މިފަދަ އެންމެހާ ތަންތާނުގެ އުފަލަކީ ހިތްތަކަށް ލިބޭ ތަސައްލީއަކީ އިޙްތިރާމުކުރުން ކަމުގައި ހަދަން ޖެހޭކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ، ދިވެހީންގެ ސިކުނޑި އިސްލާމީ ހަމަތަކުގެ މަތީގައި ތަހުޒީބީ އައު އުދަރެހަކަށް އުފުލާލުމަށް ގޮވާލައްވާފައެވެ.
ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ރިވެތި އަޚްލާޤް އަލުން އިޔާދަކުރެއްވުމަށް އިޙުތިރާމު އަދާކުރުމުގެ 5 އަހަރު ދުވަހުގެ މަޝްރޫޢެއް މުޅި ރާއްޖޭގައި ހިންގޭއިރު، އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ޝިޢާރަކީ "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" ކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް، މިރޭ ރަސްމީކޮށް އިފްތިތާޙުކުރެވުނު މި މަޝްރޫޢުގެ ކަންކަން ބަލަހައްޓާނީ، ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވުޒާރާއިންނެވެ.
މި ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި އެކިއެކި ވުޒާރާތަކާއި، ކުންފުނިތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ކޮލެޖު ޔުނިވަރސިޓީތަކާއި އަދި ސްކޫލުތަކުގެ ދަރިވަރުންގެ އިތުރުން އާންމު ރައްޔިތުން ބައިވެރިވެފައިވެއެވެ.
އިތުރަށް





.gif.gif&w=828&q=100)