logologologologo
STO
ޚަބަރު

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފްތިތާހުކުރުން މިރޭ

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފްތިތާހުކުރުން މިރޭ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ނޮވެމްބަރު 14

ދިވެހިންގެ ތެރެއިން ނެތެމުންދާ އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ރީތި އާދަ އަލުން އާލާކޮށް ދިރުވުމަށްޓަކައި ސަރުކާރުން ފަށާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" މިރޭ އިފްތިތާޙުކުރުމަށް ނިންމައިފިއެވެ.

މާފަންނު ޓްރެކް ދަނޑުގައި މިރޭ 8:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޚާއްޞަ ރަސްމިއްޔާތުގައި، މި މަޝްރޫޢުގެ ރަސްމީ ލޯގޯއާއި ލަވަ އިފްތިތާޙުކުރުމުގެ އިތުރުން، ރަސްމިއްޔާތު ނިންމާލުމުގެ ގޮތުން ހަވާ އެރުވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި ކެމްޕެއިނަކީ ރާއްޖޭގެ ކުދިބޮޑު އެންމެންނާއި، އެކި ދާއިރާތަކުގެ ފަންނުވެރިންގެ ފުރިހަމަ ބައިވެރިވުމާއެކު މުޅި މުޖުތަމަޢަށް އަމާޒުކޮށްގެން ކުރިއަށްގެންދާނެ ތަފާތު ޙަރަކާތެކެވެ.

މިފަދަ ޤައުމީ ކެމްޕެއިނެއް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި އެކަން އިޢުލާނުކުރެއްވީ މި އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ. އެމަނިކުފާނު އޭރު ވިދާޅުވި ގޮތުގައި، އުމްރާނީ ތަރައްޤީއާއެކު މީހުންގެ ވިސްނުމާއި އުޅުމާއި ގުޅުންތައްވެސް ތަރައްޤީވާން ޖެހޭ ކަމަށާއި، ސިޔާސީ އޮއިވަރުގެ ތެރޭގައި ގެއްލިފައިވާ އިޙްތިރާމްކުރުމުގެ ރީތި ސިފަ އަލުން އަނބުރާ ގެނައުމަށް ހުރިހާ ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުގެ އެއްބާރުލުން ބޭނުންވެއެވެ.

ހަގީގީ މާނައިގައި ދިވެހިރާއްޖެ ތަރައްޤީވެގެންދާނީ ވަށާޖެހޭ ގޮތެއްގައި އިޖުތިމާޢީ އަޚްލާޤާއި އާދަކާދަތައް ދިރުވައި، އެންމެންގެ ބައިވެރިވުމާއެކު މި މަޝްރޫޢު ކާމިޔާބުކުރެވިގެން ކަމަށް ސަރުކާރުން ދެކެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް