އިޙްތިރާމް އަދާކުރުމުގެ ޤައުމީ ކެމްޕޭނު ފެށުމުގެ ރަސްމިއްޔާތުގައި މިރޭ ހަވާއަރުވަނީ

ޤައުމީ ފެންވަރުގައި އިޙުތިރާމު އަދާކުރުމުގެ ޤައުމީ ކެމްޕޭން ފެށުމަށް ބާއްވާ ރަސްމިއްޔާތަށް ފަހު ހަވާއެރުވުން އޮންނާނެކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އިޙުތިރާމު އަދާކުރުމުގެ ޤައުމީ ކެމްޕޭން ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ މާފަންނު ޓްރެކް ސަރަޙައްދުގައެވެ.
އެ ވުޒާރާއިން ބުނި ގޮތުގައި މާފަންނު ޓްރެކް ސަރަޙައްދުގައި ކުރިއަށްގެންދާ މި ރަސްމިއްޔާތަށްފަހު ހަވާ އަރުވުން އޮންނާނީ މިރޭ 09:40 އާއި 10:30އާ ދެމެދު 3 މިނެޓުގެ ވަގުތޮކޮޅަކަމަށް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު އިފުތިތާޙުކޮށްދެއްވާ އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ މަޤުޞަދަކީ މުޖުތަމަޢުގެ އެކި ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި އެކަކު އަނެކަކަށް ގަދަރާއި އިހުތިރާމްކުރުމުގެ ރީތި ސިފަ ދިވެހިންގެ ހިތްތަކުގައި އަލުން އަށަގެންނެވުމެވެ. ޚާއްޞަކޮށް ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި މި އާދަ ހަރުދަނާކުރުމެވެ.
ދިވެހިންގެ ތެރެއިން ނެތެމުންދާ ރީތި އާދަ، އިޙްތިރާމް ކުރުން އަށަގެންނެވުމަށް ޤައުމީ ކެމްޕެއިނެއް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ ދިވެހިންގެ އައިޑެންޓިޓީ ހިފެހެއްޓުމަށް ދެއްވާ އިސްކަމުގެ ތެރެއިންނެވެ.
ރައީސް ޑރ. މުޢިއްޒުގެ ސަރުކާރު އައުމާ ހަމައަށް ދިވެހިންގެ އައިޑެންޓެންޓިޓީ ގެއްލުމާ ހަމައަށް އައިސްފައިއޮތްކަަމަށާއި، ނަމަވެސް ސަރުކާރުން އެކަމަށް އިސްކަންދެއްވާ ޤައުމިއްޔަތާއި ދިވެހި ބަހަށް އިސްކަން ދީގެން މަސައްކަތްތަކެއް ފެށިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެެވެ. އަދި ރާއްޖޭގެ ތާރީޚު ދިރާސާކޮށް ސަޤާފީކަންކަން އާލާކުރުމަށްވެސް މުހިއްމު މަސައްކަތްތަކެއް ސަރުކާރުން ގެންދަވަނީ ކުރަމުންކަން ފާހަގަ ކުރެވެއެވެ.
އިތުރަށް




.gif.gif&w=828&q=100)