logologologologo
STO
ޚަބަރު

ހުޅުމާލެ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި، ފަސް މީހަކަށް އަނިޔާވެއްޖެ

ހުޅުމާލެ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި، ފަސް މީހަކަށް އަނިޔާވެއްޖެ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ނޮވެމްބަރު 01

ހުޅުމާލެ ފޭސް 1 ގެ ރުއްގަނޑު 1 ސަރަހައްދުގައި ހުންނަ "މެރިނޭޓް ކެފޭ" ގައި ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި ހޮސްޕިޓަލަށް ގެންދެވުނީ އެ ކެފޭގައި މަސައްކަތްކުރާ ހަތަރު ބިދޭސީ މުވައްޒަފުން ކަމަށްވެސް ފުލުހުން ފާހަގަކުރެއްވިއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވީ، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. އަދި ކެފޭގެ ބަދިގޭގައި ހުރި މުދަލަކަށް ނުވަތަ އިމާރާތަށްވެސް ބޮޑު ގެއްލުމެއް ލިބިފައި ނުވާކަމަށް އެންޑީއެމްއޭއިން ހާމަކުރެއްވިއެވެ.

މި ހާދިސާ ހިނގި ވަގުތު ކެފޭގައި ތިބި އެއްވެސް ކަސްޓަމަރަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، ގޭސްފުޅި ގޮވި ބާރު އަޑާއެކު ކަސްޓަމަރުން އަވަސްއަވަހަށް ބޭރަށް ނުކުންނަން އުޅުމުގެ ތެރޭގައި ކެފޭގެ ބައެއް ތަށިތައް ވެއްޓި ތަޅައިގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް